އައިޖީއެމްއެޗްގެ ޚިދުމަތްތައް ޑައުންގްރޭޑްކޮށް ސާރޖަރީތައް މެދުކަނޑާލައިފި

އައިޖީއެމްއެޗްގެ ޚިދުމަތްތައް ޑައުންގްރޭޑްކޮށް ސާރޖަރީތައް މެދުކަނޑާލައިފި

ކޯވިޑް-19 ވަރަށް ބާރަށް ފެތުރެމުންދާތީ ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ޑައުންގްރޭޑްކޮށް ބައެއް ޚިދުމަތްތަކަށް ބަދަލުގެނެސްފިއެވެ.

އޮމިކްރޯން ވޭރިއަންޓާއެކު ރާއްޖޭގަިއ ބަލި ޖެހޭ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2000އަށް ވުރެ  ގިނަ މީހުންނަށް ބަލި ޖެހިފައިވެއެވެ. މިއާއެކު ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބާރު ބޮޑުވެ ޚިދުމަތް ދިނުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ރާއްޖޭގޭ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން ބުނީ، ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެހޮސްޕިޓަލުގެ ބައެއް ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ޑައުންގްރޭޑް ކުރެވިގެންދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި މިމަހުގެ 22 އިން ފެށިގެން ކުރިއަށް އޮތް 2 ހަފްތާއަށް ރޫޓީން ނުވަތަ ދުރާލާ ތާވަލުކޮށްގެން ހަދާ ސަރޖަރީތައް މެދުކަނޑާލުމަށް ނިންމާފައިވާކަމަށްވެސް އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް އެ ސަރޖަރީތައް ހެދެން ފެށޭނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެކަމަށާއި، ނަމަވެސް އެހޮސްޕިޓަލުގެ އިމަރޖެންސީ ނުވަތަ އީއާރުގެ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗް އިން ވަނީ މި ގެނައި ބަދަލާއެކު ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *