މުއުމިނުންނާއި މުސްލިމުންގެ ތަފާތަކީ ކޮބާ؟

މުއުމިނުންނާއި މުސްލިމުންގެ ތަފާތަކީ ކޮބާ؟

Author
ހުސެއިން
17 ޖެނުއަރީ 2022 09:33
0

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد

އިސްލާމްކަމާއި އީމާން ކަމާއި މެދުގައި ހުރި ތަފާތަކީ ކޮބައިތޯ ޢަގީދާގެ ޢިލްމުވެރިން ވަރަށް ދިގުކޮށްވާހަކަ ދައްކަވާފައިވެއެވެ.

އޭގެ ޚުލާޞާއަކީ:

އިސްލާމް އާއި އީމާން ވަކިން އައިސްފައިވާނަމަ އޭގެ މާނައަކީ ނުވަތަ މުރާދަކީ އިސްލާމްދީނެވެ. މިފަދަ ޙާލަތުގައި އިސްލާމް އާއި އީމާންގެ ތަފާތެއް ނެތެވެ.

ނަމަވެސް މިދެލަފްޡު އެކީގައި އައިސްފައިވާނަމަ، އީމާންގެ މުރާދަކީ އެތެރޭގެ ޢަމަލުތަކެވެ. ނުވަތަ ހިތުގައިވާ ކަންތައްތަކެވެ.

ﷲ އަށް އީމާންވުމާއި އެކަލާންގެ ކޯފާއާއި ޢަޛާބަށް ބިރުވެތިވުމާއި، އެކަލާންގެ ރަޙްމަތަށް އެދި އެކަމަށް ދަހިވެތި ވުމާއި، އިޚްލާޞްތެރިވުން ފަދަ ކަންތަކެވެ.

އިސްލާމްގެ މަގްޞަދަކީ ހިތުގައިވާ އީމާންކަމުގެ ސަބަބުން ބޭރުފުށަށް ފެންނަ ޢަމަލުތަކެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމާއި، ނަމާދު ކުރުމާއި، ޒަކާތް ދިނުންފަދަ ބޭރުފުށަށް ފެންނަން ހުންނަ ކަންތައްތަކެވެ.

والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.