ބޭލް ޓީމުގައި ހިމެނުނުއިރު ކޯޗު ގިގްސް އެކަހެރިކޮށްފި

ބޭލް ޓީމުގައި ހިމެނުނުއިރު ކޯޗު ގިގްސް އެކަހެރިކޮށްފި

ގުޅުންހުރި

މި މަހު ވޭލްސްއިން ކުޅެން ތާވަލުކޮށްފައި އޮތް ތިން މެޗަށް އެކުލަވާލި ސްކޮޑުގައި ގެރެތު ބޭލް ހިމަނައިފިއެވެ.

ބޭލްގެ ކަކުލަށް މީގެ ކުރިން އަނިޔާވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމަށް ވޭލްސްއާއެކު ފަރިތަކުރަމުން ދަނިކޮށެވެ. އޭގެ ފަހުން ވޭލްސްއިން ކުޅުނު ތިން މެޗުގައިވެސް އޭނާ ހިމަނާފައެއް ނުވެއެވެ. އިނގިރޭސި ލީގުގައި އެންމެފަހުން ބްރައިޓަން އަތުން 2-1 ން ޓޮޓެންހަމް މޮޅުވީ ބޭލް ކާމިޔާބުކުރި ލަނޑުންނެވެ.

މި ތިން މެޗާ ކުރިމަތިލާއިރު، ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ސުވާލުކުރަމުންދާތީ ވޭލްސްގެ ކޯޗުގެ މަގާމުން ރަޔާން ގިގްސް ވަނީ އެކަހެރިކޮށްފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިއު) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހު ވޭލްސްއިން ކުޅެން ހަމަޖެހިފައި އޮތް ތިން މެޗުގައިވެސް ގިގްސް ޓީމަށް އިރުޝާދު ނުދޭނެ ކަމަށެވެ.

އޭނާގެ ބަދަލުގައި ޓީމާ ވަގުތީ ގޮތުން ހަވާލުވާނީ އެސިސްޓަންޓް ކޯޗު ރޮބާޓް ޕޭޖް ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. ގިގްސް އޭނާގެ ލޯބިވެރިޔާއަށް ހަމަލާ ދިނުމުގެ މައްސަލައެއް ބަލަމުން އަންނައިރު، މި މައްސަލަ ގިގްސްގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާއަށް ވޭލްސްގެ ކޯޗުކަން ގެއްލޭނެއެވެ.

ވޭލްސްގެ ސްކޮޑުގައި ބޭލް ހިމެނިއިރު، މި މަހު ވޭލްސްއިން ތިން މެޗެއް ކުޅޭނެއެވެ. އެގޮތުން މި މަހު 12 ވަނަ ދުވަހު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އެމެރިކާއާ ދެކޮޅަށް ވޭލްސް ނުކުންނާނެއެވެ. އަދި އޭގެ ފަހުން ޔުއެފާ ނޭޝަންސް ލީގުގައި އަޔަލެންޑާއި ފިންލެންޑާ ދެކޮޅަށްވެސް ވޭލްސް ނުކުންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ