އެއްވެސް ޢުޛުރަކާ ނުލާ ބަނޑުގައިވާ ދަރިފުޅު އެބޯޓުކުރާ މީހާގެ އަދަބަކީ ކޮބާ؟

އެއްވެސް ޢުޛުރަކާ ނުލާ ބަނޑުގައިވާ ދަރިފުޅު އެބޯޓުކުރާ މީހާގެ އަދަބަކީ ކޮބާ؟

ގުޅުންހުރި

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:

މަންމަ ގެ ބަނޑުގައިވާ ތުއްތު ކުއްޖާއަށް އިސްލާމްދީނުގައިވަނީ ޙައްގުތަކެއް ދެއްވާފައެވެ.

އެގޮތުން އެދަރިފުޅަށް ގެއްލުމެއްވާ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. މިކަމުގެ އެންމެ އަލިގަދަ އެއް ހެއްކަކީ ޣާމިދިއްޔާ އޭ ކިޔުނު ބޭކަނބަލަކު ޒިނޭކޮށް ބަލިވެ އިނދެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހަށް އައިސް ޒިނޭ ކުރިކަމަށް އިޢްތިރާފްވި ހިނދުގައި އެކަމަނާ ރައްދު ކުރެއްވިއެވެ.

އަދި ޙަދީޘް ކުރެއްވިއެވެ. ވިހައިގެން ގަދަވެގެން އަންނާށެވެ. އަދި ވިހައިގެން އެވަރުން ފުއްދަވާލެއްވީކީވެސް ނޫނެވެ. ދަރިފުޅަށް ދެއަހަރުވަންދެން ކިރުދީ ދަރިފުޅު ކިރުތުނބުން ވިއްލެންދެންވެސް ދޫކުރެއްވީއެވެ. ދަރިފުޅު ކިރުތުނބުން ވިއްލިގެން އަނެއްކާވެސް ޣާމިދިއްޔާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައުމުން ދަރިފުޅު ބަލާނެ މީހަކު ހޯއްދަވާފައި ޣާމިދިއްޔާ ރަޖަމް ކުރުމަށް އަމުރު ކުރެއްވީއެވެ.

މިޙަދީޘްގެ ޝަރަޙާ ގައި އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މާބަނޑު އަންހެނުން ބަލިވެ އިނޭ ޒިނޭގެ ދަރިއަކަށް ކަމުގައި ވީނަމަވެސް އޭނާ ރަޖަމް ކުރެވޭނީ ވިހައި ގަދަވުމަށް ފަހުގައެވެ. މިއީ މުޅި އުއްމަތް އެކަމާއި މެދުގައި އިޖްމާޢުވެފައިވާ މައްސަލަ އެކެވެ. ބޭނުމަކީ ބަނޑުގައިވާ ދަރިފުޅަށް އަނިޔާ އެއް ލިބުނަ ނުދިނުމެވެ. ހަމައެފަދައިން މާބަނޑު އަންހެނުން ގައިގާ ޙައްދު ޖެހޭނީވެސް ވިހައި ގަދަވުމުން ކަމާއި މެދުގައިވެސް މުޅި އުއްމަތް އިޖްމާޢުވެއެވެ".

މިއިން ދޭހަވަނީ ބަނޑުގައިވާ ދަރިފުޅަކީ ޒިނޭގެ ދަރިއެއް ނަމަވެސް އިސްލާމްދީނުގައި އެކުއްޖާއަށް ދެއްވާފައިވާ ގަދަރާއި ޢިއްޒަތެވެ. ވީމާ، ބަނޑުގައިވާ ދަރިފުޅު ޙައްގަކާ ނުލައި މަރާލުމަކީ ހުއްދަ ކަމެކޭ ބުނެވޭނީ ކޮންހަމަޔަކުންތޯއެވެ؟!

ބަނޑުގައިވާ ދަރިފުޅު ފުރާނަ އެޅުއްވުމަށްފަހުގައި އެބޯޓްކޮށްފިނަމަ އެކަން ކުރި މީހަކު މަރުގެ ދިޔަ ދޭން ޖެހޭނެ ކަމާއި މެދުގައި ހުރިހާ ޢިލްމުވެރިން އިއްތިފާގު ވެލައްވައެވެ. މީގެ އިތުރުން ކައްފާރާ ދޭން ޖެހޭނެ ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ބަނޑުގައިވާ ތުއްތު ދަރިފުޅުގެ މަރުގެ ދިޔައަކީ މިނިވަން އަންހެނެއްގެ މަރުގެ ދިޔައިގެ ދިހަ ބައިކުޅަ އެއްބައެވެ. މިނިވަން އަންހެނެއްގެ މަރުގެ ދިޔަ އަކީ ފަންސާސް ޖަމަލެވެ.

ދަރިފުޅު އެބޯޓު ކުރުމުގައި ބައިވެރިވި އެންމެންގެ މައްޗަށް މަރުގެ ދިޔަ ވާޖިބު ވާނެއެވެ. ދަރިފުޅު ވައްޓާލުމުގައި އެހީތެރިވީ ޑޮކްޓަރާއި ނަރުހުންވެސް މަރުގެ ދިޔަ ދޭން ޖެހޭނެއެވެ. މަރުގެ ދިޔަ ޙަވާލު ކުރަން ޖެހޭނީ ކުއްޖާގެ ވާރުތަ ވެރިންނަށެވެ. ކުއްޖާ މަރާލި މީހާ އަށް އެއްވެސް މިންވަރެއް ނުލިބޭނެއެވެ.

ބަނޑުގައިވާ ދަރިފުޅު މަރާލައިފިނަމަ ކައްފާރާ ދޭން ޖެހޭނެ ކަމުގައި އިމާމް ޝާފިޢީ އަދި އިމާމް އަޙްމަދު ބިން ޙަންބަލް- ރަޙިމަހުމުﷲ- ވިދާޅުވެއެވެ. އިމާމް މާލިކް އާއި އަބޫޙަނީފާ ވިދާޅުވަނީ ކައްފާރާ ދިނުމަކީ މުސްތަޙައްބު ނުވަތަ އެދެވިގެންވާ ކަމެއް ކަމުގައެވެ.

ކައްފާރާ އަކީ: އަޅަކު މިނިވަން ކުރުން، އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާނަމަ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ.

والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ