އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރާ ކުންފުންޏަކުން 45 މީހުން ޕޮޒިޓިވްވެއްޖެ

އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރާ ކުންފުންޏަކުން 45 މީހުން ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
05 ނޮވެމްބަރ 2020 11:23
0

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްކުރާ ގިނަ އަދަދެއްގެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާ ސަބް-ކޮންޓްރެކްޓަރެއްކަމަށްވާ ޗައިނާ ހަބަރ އިންޖިނިއަރިންގގެ 45 މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. ޕޮޒިޓިވްވި އެންމެންނަކީވެސް ބިދޭސީންކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެއްކުންފުންޏެއްގެ 45 މީހުން ޕޮޒިޓިވްވެފައިވާއިރު، މިކޭސް އިތުރަށް ބަލަމުން އަންނަކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެކުންފުނިން އެކި ސަރަޙައްދުތަކުން ބޭރު މީހުން ނަގައިގެން މަސައްކަތަށް ގެންގޮސްފައި، އޭގެ ތެރެއިން ބައެއް މީހުން ޓެސްޓްކުރުމާއެކު މިއެނގުނީ މީގެ ތެރެއިން 45 މީހަކު ޕޮޒިޓިވްވެފައިވެފައިވާކަން.

-އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް

އެއްކުންފުންޏެއްގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ޕޮޒިޓިވްވީ ކީއްވެގެންކަން ޑރ.ނަޒްލާ ވިދާޅެއްނުވެއެވެ. މިއަދު ކޯވިޑް-19އަށް 71 މީހުން ޕޮޒިޓިވްވީއިރު އޭގެތެރެއިން 56 މީހުންނަކީ ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.