އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގައި ސްވިޑަން ޓައުން ބަލިކޮށް މެންޗެސްޓަރ ސިޓީ ހަތަރު ވަނަ ބުރުން ޖާގައެއްކަށަވަރުކޮށްފިއެވެ.
އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ސްވިޑަންގެ މައްޗަށް ސިޓީ ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެންޗެސްޓަރ ސިޓީންނެވެ. މި ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ސިޓީއަށްކާމިޔާބުކޮށްދިނީ، ބެނާޑޯ ސިލްވާއެވެ. ސިޓީއަށް ލީޑު ފުޅާކޮށްދިން ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ގަބްރިއެލް ޖެސޫސްއެވެ. މެޗުގެ ފުރަތަމަހާފް ނިމުނީ 0-2 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފް ފަށައިގެން 59 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު ހިލޭ ޖެހުމަކުން އިލްކާއި ގުންޑޮގާން ވަނީ ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ސްވިޑަންޓައުން އިން ޖެހި ހަމައެކަނި ލަނޑު، 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ހެރީ މެކްކާޑީއެވެ. އަދި މި މެޗުގައި ސިޓީން ޖެހި ހަަތަރު ވަނަ ލަނޑު 82 ވަނަމިނެޓުގައި ކަމިޔާބުކޮށްދިނީ، އެޓީމުގެ ޒުވާން ކުޅުންތެރިޔާ ކޯލް ޕާމާއެވެ.
މި މެޗަށް ސިޓީ ނުކުތްއިރު އެޓީމުގެ ގިނަ ކުޅުންތެރިންނާ ހެޑް ކޯޗު ގާޑިއޯލާވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މި މެޗުގައި ސިޓީއަށްކޯޗުކަންކޮށްދިނީ އެސިސްޓަންޓް ކޯޗު ރޮޑޯލްފޯ ބޮރެލްއެވެ.
ކޮމެންޓު ފޮނުވާ