ވެރިކަން ހޯދަން އުޅުނުއިރު ބަގާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ސަރުކާރަށް ރައްދު ދެއްވައިފިއެވެ.
އުޝާމް މިފަދައިން ރައްދު ދެއްވާފައިމިވަނީ، ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވޯޓު ދޭއިރު ރައްޔިތުން ވޯޓު ދޭންވީ، ބަގާވާތާއި ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާކުރުމާ ދެކޮޅަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިދކކޮޅު ފަރާތްތަކަށް އިޝަރާތްކުރައްވާ ވިދާޅުވުމުންނެވެ. ބަޣާވާތާއި ދެކޮޅަށް ވޯޓު ދެއްވުމަށް ރައީސް އެ އިޝަރާތްކުރެއްވީ އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމާއި، ނާއިބު ރައީސް ޢަބްދުﷲ ރިޔާޒްމެނަށް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ރައީސްގެ އެވާހަކަތަކަށް ރައްދު ދެއްވައި އުޝާމް ވިދާޅުވީ، ވެރިކަން ހޯދަން އުޅުނުއިރު ބަގާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭކަމަށެވެ. ރައީސް ޞާލިޙް އެ ވިދާޅުވާ ބަގާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރުވެސް ތިބީ މިސަރުކާރު ކޯލިޝަންގައިކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ވެރިކަން ހޯދަން އުޅުނުއިރު ބަގާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭ. @ibusolih ތިޔަވިދާޅުވާ ބަގާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރުވެސް ތިބީ މަނިކުފާނުގެ ޕާޓީއާއި މަނިކުފާނުގެ ސަރުކާރުގަ. https://t.co/07c8gikUGQ
— Ahmed Usham (@a_usham) January 8, 2022
ރޭ އިދިކޮޅަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވެފައިވަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓު ދެއްވަންވީ ޑްރަގާއި، ބަޣާވާތާއި ދެކޮޅަށް ކަމަށެވެ. ރައީސް ވިދާޅުވީ، ރާއްޖޭގައި ޑްރަގުގެ ވަބާއާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އިދިކޮޅު ފަރާތްތަކަށް ކެތްވާވަރުގެ ކަމެއް ނޫންކަމަށެވެ. ޚާއްސަކޮށް މިސަރުކާރުން މިހާތަނަށް އަތުލައިގެން މަސްތުވާތަކެތީގެ ބޮޑެތި އަދަދުތަކަކީ އެކަމާއި ކަންބޮޑުވާނެ ބަޔަކު ތިބޭނެ ކަމެއްކަމަށާއި، ނަމަވެސް އެކަން ނުހުއްޓުވޭނެކަމަށެވެ.
މިޖަލްސާއަކީ އެމްޑީޕީގެ ޖަލްސާއަކަށްވުމުން ރައީސްވަނީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި ބަހުގެ ހަމަލާތައް ބަދަލު ކުރައްވާފައެވެ. ރައީސް ޞާލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ނުދަންނަ ބަޔަކަށް ރައްޔިތުން ވޯޓު ދިނުމަކީ ހެދޭނެ ގޯހެއްކަމަށެވެ. މަރުކަޒީ އުސޫލުން ކަންކަން ކުރަން ބޭނުންވާ ބަޔަކަށް ފަހުންވެސް އަތޮޅު ތެރޭގެ ރަށްތަކަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އައިޖީއެމް އިމާރާތައި ޖެހިގެން އެމަނިކުފާނަށްވެސް 25 ބުރީގެ އިމާރާތެއް އެޅިދާނެކަމަށެވެ.
ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލު ތަރައްޤީކޮށް ލާމަރުކަޒީ އުސޫލުން ޞިއްޚީ ޚިދުމަތްވެސް ދިނުންކަމަށެވެ. ރައީސް ޞާލިހު ވަނީ މިރޭގެ ޖަލްސާގައި އިދިކޮޅު ކެނޑިޑޭޓުން މިއިންތިޚާބުގައި މަޑުކޮށްލައި، އެމްޑީޕީއަށް ޖާގަ ދިނުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ