ޗައިނާގެ ފޮރިން މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ، ބައެއް މަގުތައް ބަންދު

ޗައިނާގެ ފޮރިން މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ، ބައެއް މަގުތައް ބަންދު

ގުޅުންހުރި

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލޭގައި ކުރިއަށްދާ ހަރަކާތްތަކާ ގުޅިގެން 2022 ޖަނަވަރީ 8 ވަނަ ދުވަހުގެ 12:00 އިން ފެށިގެން، ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތައް އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފިއެވެ.

ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ހުރި ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރެވި، އެ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ އެ ޒޯންތަކުގައި ހުރި އުޅަނދުތައް މާދަމާރޭ 20:00 ގެ ކުރިން ނަންގަވައި، ޒޯންތައް ހުސްކޮށްދެއްވުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ޗާޓުގައި ފާހަގަކޮށްފައިވާ ފަޅުގެ ސަރަހައްދުވެސް ބަންދުކޮށް އުޅަނދުތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ހުރި އާންމު ހުރިހާ އުޅަނދުތައް ޖަނަވަރީ 8 ވަނަ ދުވަހުގެ 06:00 ގެ ކުރިން ނަންގަވައި އެ ސަރަހައްދު ހުސްކޮށްދެއްވުމަށްވެސް ފުލުހުން ވަނީ ދަންނަވާފައެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއިވެސް ޗައިނާގެ ފޮރިން މިނިސްޓަރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާއާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރު 50 އަހަރު ފުރޭތީ އެކަން ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތު ތަކުގައިވެސް ޗައިނާގެ ފޮރިން މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި، ޗައިނާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ