ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚައްޤުތައް ފުރިހަމަ ކޮށްދެއްވި ހަމައެކަނި ރައީސަކީ ރައީސް ޞާލިހުކަމުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސަައުދުﷲ އަހުމަދު ވިދާޅު ވެއްޖެއެވެ.
ސަރުކާރުން ރާއްޖޭހެ އެކި ރަށްރަށުގައި އަސާސީ ހައްގުތައް ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސައުދު ވިދާޅުވީ މިއީ ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކޮށްދެއްވި ސަރުކާރުކަމަށެވެ. މިމަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގެންދަވަނީ އެމަކުފާނު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވަމުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެގެންދިޔައީ ރައްޔިތުންގެ އަސާސީ ޚައްޤުތައް ފުރިހަމަ ކޮށްދެއްވި ހަމައެކަނި ރައީސަށް. ވީ ވައުދާއި އެއްގޮތަށް ކުލަޔަކަށް ވަކި ރަށަކަށް ތަފާތު ކުރުމެއްނެތި ކަން ކޮށްދެއްވި ފުރަތަމަ ރައީސަށް. ރައީސް ޞާލިހަށް ރިޔާސީ ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބު ގިނަ ގުނަ.
– ސައުދު ވިދާޅުވިއެވެ.
ސަރުކާރުންވަނީ ރާއްޖޭގެ ރައްޔިތުންނަކީ ނަޖިހުން ތާހިރުވެފައިވާ ބަޔަކަށް ހެދުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދެއްވުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތިން އަހަރުކުރިން މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 188ރަށުގެ ތެރެއިން ފެނުގެ ނިޒާމު ޤާއިމުކޮށްފައިވަނީ 37ރަށުގައެވެ. އަދި ނަރުދަމާ ނިޒާމު ޤާއިމުކޮށްފައިވަނީ 69 ރަށުގައެވެ. އިންސައްތައިން ބަލާނަމަ ފެނުގެ ނިޒާމު ޤާއިމުކޮށްފައިވަނީ %20 ރަށުގައެވެ. އަދި ނަރުދަމާ އޮތީ %37 ރަށުގައެވެ. ފެން ނުވަތަ ނަރުދަމާ ނުވަތަ ފެނާއި ނަރުދަމާގެ އެއްވެސް މަސައްކަތްތެއް ނުފަށާ 141 ރަށް އޮތެވެ.
މިދިޔަ 3 އަހަރުގެ ތެރޭގައި 48 ރަށުގެ ނަރުދަމާއާ 60 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ހަވާލުކޮށް ދަނީ ކުރަމުންނެވެ. މިހާތަނަށް 9 ރަށުގެ ނަރުދަމާއާ 8 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިމި، ރައްޔިތުންނަށްވަނީ ޚިދުމަތް ދޭން ފަށާފައެވެ.
ސަރުކާރުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރައްވަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން އެކަމާއި ކަންބޮޑުވާ ނޫނީ ދެރަވާނެ ބަޔަކު އުޅޭނެކަމަށާއި، ނަމަވެސް ސަރުކާރުން ތަރައްޤީ ގެންނަނީ ރައްޔިތުންނާއި، ގުޅިގެން ލާމަރުކަޒީ އުސޫލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.