ރާއްޖެއާއި، ރުވާންޑާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

ރާއްޖެއާއި، ރުވާންޑާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

Author
މުޙައްމަދު ޖިމީ
05 ނޮވެމްބަރ 2020 04:40
0

ރާއްޖެއާއި، ރުވާންޑާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދާއި ރުވާންޑާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ޑރ. ވިންސެންޓް ބިރޫޓާއާ މަޝްވަރާކުރައްވައިފިއެވެ.

ފޯނުން ގުޅުއްވާ ދެބޭފުޅުންވަނީ މަލްޓިލޭޓަރަލް އަދި ބައިލޭޓަރަލް ގުޅުމުގެ ތެރެއިން ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދެޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ހަމައެއާއެކު ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ އަދި މާލީ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު، ރުވާންޑާގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ.

ރާއްޖެއިން ރުވާންޑާއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ 6 ސެޕްޓެމްބަރު 2019 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.