ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވީ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އައު އަހަރާ ދިމާކޮށް ރައީސްގެ ދެނބަލުން ލަންކާއަށް ދަތުރުފުޅެއް ކުރައްވާފައިރު އެޤައުމުގައި ޢާއިލީ ބޭފުޅުން އެޤައުމުގައި ދިރިއުޅުއްވައެވެ.
މިއާއެކު މީގެ ކުރިންވެސް ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ނުރަސްމީ އަދި ރަސްމީ ދަތުުރުފުޅުތަކެއްވަނީ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ