ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޑިސެމްބަރު 5 ގެ ނިޔަލަށް އިތުރުކޮށްފއެވެ.
ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނުނުގެދަށުން، މުޅި ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކާލުގެ ޙަލަތު އިޢުލާންކޮށްފައިވަނީ މިއަހަރުގެ މަރޗްމަހުގެ 12ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގައި ފެތުރެމުންއައި ކޯވިޑް19ބަލި ރާއްޖެއިން ފެނި، ރިސޯޓަކުން މީހަކު ބައްޔަށް ޕޮސިޓިވްވުމާއި ގުޅިގެންނެވެ.
ހެލްތް މިނިސްޓްރީއިން އަނެއްކާވެސް މިވަނީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ދަމަހައްޓާފައެވެ. މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ސޮއިކުރައްވާ ނެރެފައިވާ ބަޔާނުގައި ސިއްޙިކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުއިތުރުކޮށްފައިވަނީ ކޯވިޑް-19ބަލި ފެތުރުުމުގެ ނުރައްކާ އަދިވެސް ރާއްޖެއަށް އޮތުމުންކަމަށެވެ. އެގޮތުން 12މަރޗްގައި އިޢުލާންކުރި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓާފައިވަނީ ބައްޔަށް އޮތް ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދެއްވާފައިވާތީކަމަށްވެސް އެބަޔާނުގައިވެއެވެ.
މިދިޔަ މަހުގެ 6 ވަނަ ދުވަހު އިޢުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދަށް ހަމަވާނެއެވެ. މިއީ މިޙަލަތު އިތުރުކުރި 8 ވަނަ ފަހަރެވެ.
ކޮމެންޓު ފޮނުވާ