އަހާން ޝެއްޓީއަށް ދެވަނަ ފިލްމެއް!

އަހާން ޝެއްޓީއަށް ދެވަނަ ފިލްމެއް!

Author
ފާތިމަތު ނާވީ
04 ޖެނުއަރީ 2022 02:59
0

ފިލްމު "ތަޅަޕް" އިން މިދިޔަ މަހު ބޮލީވުޑަށް ތާއާރަފްވި އަހާން ޝެއްޓީއަށް އިތުރު ފިލްމެއް ޔަގީން ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަހާން އަކީ މަޝްހުރު އެކްޓަރ ސުނިލް ޝެއްޓީގެ ފިރިހެން ދަރިފުޅެވެ. ސުނިލްގެ ދެ ދަރިންނަކީ ވެސް މިހާރު ބޮލީވުޑްގައި ކެރިއަރު ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދެކުދިންނެވެ. އެގޮތުން އަންހެން ދަރިފުޅު އަތިޔާ ޝެޓީ ވަނީ 2015 ވަނަ އަހަރު "ހީރޯ" އިން ބޮލީވުޑަށް ނުކުމެފައެވެ.

ނިމިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ރިލީޒް ކުރި "ތަޅަޕް" އަށް ވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައެވެ.

 

View this post on Instagram

 

A post shared by Ahan Shetty (@ahan.shetty)

"ތަޅަޕް" ގެ ޕްރޮޑިއުސަރ ސާޖިދު ނަޑިއާޑްވާލާގެ ފިލްމަކުން އަނެއްކާވެސް އަހާން އަށް ފުރުސަތު ލިބިފައިވާ އިރު މި ފިލްމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.