ހަންނާންގެ ފޯމްގެ އިލެކްޝަނަށް ހުށަހަޅައިފި

ހަންނާންގެ ފޯމްގެ އިލެކްޝަނަށް ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2021 11:54
0

ކޮމަންޑޫ ދާއިރާއަށް އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅުއްވައިފިއެވެ.

އެމްއެންޕީގެ ޓިކެޓްގައި ވާދަަކުރުމަށް މަސްވެރި އާއިލާއަކަށް އުފަން އަބްދުލްހަންނާން އިދްރީސް އަކީ ދިވެހި ތައުލީމީ ދާއިރާއަށް ހިދުމަތް ކުރުމުގެ ވަރަށް ފަހުރުވެރި ތާރީހެއް އޮތް ބޭފުޅެކެވެ. 1987 ވަނަ އަހަރު އަބްދުލްހަންނާންގެ ހިދުމަތް ފުރަތަމަ ފެށިގެން އައީ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްސިރެއްގެ ގޮތުގައެވެ. އަދި ށ. ޅައިމަގު ފޭދޫ ސުކޫލާއި ފ. ބިލެއްދޫ ސުކޫލުގެ އެކްޓިން ހެޑްމާސްޓަރުކަން ކުރެއްވެވިއެވެ. އޭގެ ފަހުން ސްރީލަންކާއަށް ވަޑައިގެން ސުކޫލް މެނޭޖްމަންޓްގެ ދާއިރާއިން އިތުރަށް ކިޔަވާ ވިދާޅުވިއެވެ. ރާއްޖެ ވަޑައިގެން ށ އަތޮޅު މަދަރުސާގައި އަލުން ހިދުމަތް ފެއްޓެވިއެވެ. އަދި ރ ހުޅުދުއްފާރު ސުކޫލުގައިވެސް ދެ އަހަރެއްހާ ދުވަހު އަބްދުލްހަންނާން ވަނީ މަސައްކަތް ކުރައްވާފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. ހުސެއިން ވަހީދު މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ދިޔައީ އެމްޑީޕީ ޓިކެޓުގައެވެ.

އިލެކްޝަންސް ކޮމިޝަނުންރި މިހާރުވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ބޭފުޅުންނަށް މި މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށް އެފުރުސަތު ހުޅުވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.