ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގައި ގްރީން ސްޓްރީޓް ބަލިކޮށް ވެލެންސިޔާއިން އެއްވަނައަށް ޖެހިލައިފިއެވެ.
ގްރީން އަތުން ވެލެންސިޔާ މޮޅުވީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ދެލަނޑު ކާމިޔާބުކުރީ ޢަލީ ފާސިރުއެވެ. ފުރަތަމަ ލަނޑު ސެންޓޭ ޖެހީ މެޗުގެ 26 ވަނަ މިނެޓްގައެވެ. ދެވަނަ ލަނޑު ސެންޓޭ ޖެހީ 33 ވަނަ މިނެޓްގައި މިސްރުގެ މިޑްފީލްޑަރު ޚަލީލް ޖަމާލް ދިން ބޯޅައިންނެވެ. މެޗުގެ 43 ވަނަ މިނެޓްގައި ވެސް ސެންޓޭ އަށް ހުސް ފުރުސަތެއް ލިބުނެވެ. ގްރީންގެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ހުހަށް އޭރިއާގެ ތެރެއަށް ވަނެވެ.
އޭނާ އަށް ހުރަސް އަޅަން ނުކުތް ކީޕަރު ރަމީޒާއި ސެންޓޭއާ ދެ ކުޅުންތެރިން އެކަކު އަނެކަކުގެ ގައިގައި ޖެހުމުން ދެ ކުޅުންތެރިން ވެސް ވެއްޓުނެވެ. ސެންޓޭ އަތުން ގެއްލުނު ބޯޅަ ގްރީންގެ ކުޅުންތެރިން ސާފްކޮށްލައި ބޯޅަ ބޭރުކޮށްލިއެވެ.
ދެވަނަ ހާފަށް ނުކުތް ގޮތަށް ވެލެންސިއާ އިން ވަނީ ލަނޑު ޖަހައިފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓްގައި ވެލެންސިއާއިން ނެގި ކޯނަރުން ތަނަވަސްވި ބޯޅައިން ލަނޑު ޖެހީ ހަލީލެވެ. މި ނަތީޖާއާއެކު ވެލެންސިޔާ އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ވެލެންސިޔާ އެއްވަރަށް މާޒިޔާއިން ވެސް ވަނީ ދެ މެޗުން 6 ޕޮއިންޓު ހޯދާފައެވެ. ޕްރެޒިޑެންޓް ކަޕްގެ ފައިނަލަށް ދަތުރު ކުރާނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު ގަދަ ދޭއްގައި ގައި ނިންމާ ދެ ޓީމެވެ.