215 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި 2 މީހުންނަށް ދައުވާކޮށްފި

215 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި 2 މީހުންނަށް ދައުވާކޮށްފި

ފުލުހުން މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 215 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ އޮކްޓޯބަރު 14، 2021 ގައި ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ޑްރަގްސް ފޮރުވާފައި ބެހެއްޓި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު (42 އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް އަބްދުލްހާރިސް (33 އ) އެވެ. މި ދެ މީހުންގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި މިމަހުގެ 19 ވަނަ ދުވަހު ރ. މަޑުވަރީ ކޯޓަށް ދައުލަތުން ވަނީ މައްސަލަ ހުށަހަޅާފައެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ:

1. ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރު
2. ރ. މަޑުއްވަރި، ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް

ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދަޢުވާ:

1. ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރު

މިމައްސަލާގައި ދަޢުވާލިބޭ ޢަލީ ޝާކިރާއި، ނިމާލް ޢަބްދުލްޙާރިޘް ތިބީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ދެމީހުންނަށް ފާރަލައިގެން ކަނޑުމަތިންނެވެ. އަދި މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މީހުން ލޯންޗްގައި އައިސް މަޑުއްވަރީއަށް ވަންނަނިކޮށެވެ. ޑްރަގްސް ފޮރުވާފައި ހުއްޓާ ފެނުނު ފަޅު ރަށަކީ މަޑުއްވަރީން ލޯންޗެއްގައި 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ރަށެކެވެ. މި ދެމީހުން ހައްޔަރުކުރުމަށްފަހު އެ މީހުން ދަތުރު ކުރި ލޯންޗް މަޑުއްވަރީއަށް އެހެލާ ފުލުހުން ވަނީ އެ ލޯންޗު ބަލާ ފާސްކޮށްފައެވެ. އަދި ލޯންޗްގެ އެތެރެ ކިހާލުމަށްފަހު ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *