މިހާރު މެކުން ކަސްރަތު ކުރަމުން ބާގާ ކެވޭ!

މިހާރު މެކުން ކަސްރަތު ކުރަމުން ބާގާ ކެވޭ!

Author
ފާތިމަތު ނާވީ
25 ޑިސެމްބަރ 2021 10:54
0

ޗައިނާގެ މެކްޑޮނަލްޑުން ކަސްރަތު ކުރުމުން ބާގާ ކެވޭ ގޮތަށް ހަދައިފިއެވެ.

ޗައިނާ އަކީ އާންމުކޮށްވެސް ވަރަށް ސިއްހަތަށް ބަލައިގެން އުޅޭ ރައްޔިތުން ތަކެއް ދިރިއުޅޭ ގައުމެކެވެ.

ފާސްޓު ފުޑްގެ ޑިމާންޑް މިހާރު ވަނީ ދުނިޔޭގައި ވަރަށް ބޮޑުވެގެން ގޮސްފައެވެ. ހާއްސަކޮށް މެކަކީ މިފަދަ ފާސްޓް ފުޑް އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ ބްރޭންޑެކެވެ.

އާންމު ދިރިއުޅުމުގައި ބިޒީ ޝެޑިއުލް ގެ ސަބަބުން އަބަދުވެސް އެފަދަ ތަނެއްގެ ބޭނުން ޖެހެއެވެ. ނަމަވެސް އެއީ މާ ފައިދާ ހުރި އެއްޗަކަަށް ނުވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވެ ހަށިގަނޑު ފަލަވުމަށް ވެސް މެދުވެރިވެއެވެ.

މެކް ގެ ގިނަ ރެސްޓޯރެންޓް ތަކެއް ދުނިޔޭގެ އެކި ގައުމު ތަކުގައި މިހާރު ހުރި އިރު ކަމުން ކަސްރަތުކުރުމުގެ މި ހިދުމަތް ޗައިނާ ފިޔަވައި އެހެން ގައުމަކުން އަދި ލިބޭކަށް ނެތެވެ.
"ކްރިސް13_ޔޫ"އިން ޓިކްޓޮކް ގައި އާންމު ކޮށްފައިވާ ވީޑިއޯ ކޮޅުން ފެންނަނީ އިށިންނަ ގޮނޑީގެ ބަދަލުގައި ކަސްރަތު ކުރާ ބައިސިކަލް ތަކެއް ހުއްޓައެވެ. އަދި ބާގާ ކަމުން ދާ މީހުން ކަސްރަތުވެސް ކުރަމުން ދާތަން ފެނެއެވެ.

@cris13yu

mc da China kkkk amei a ideia

♬ som original – cris13_u

ޗައިނާގައި އަޖުމަ ބެލުމުގެ ގޮތުން މި ހިދުމަތް ދޭން ފަށާފައި ވަނީ މެކްގެ 2 ރެސްޓޯރަންޓެއްގައެވެ. މި ބައިސިކަލް ތަކަކީ ސިއްހަތަށް ފައިދާ ކުރާނެ އެއްޗެއްގެ އިތުރުން ތިމާވެއްޓާވެސް ރައްޓެހި އެއްޗެކެވެ. އެގޮތުން މި ބައިސިކަލް ތަކުން މޯބައިލް ފޯނުފަދަ ތަކެތި ޗާޖުކޮށްލެވޭ ވަރަށް ކަރަންޓުވެސް އުފައްދާނެ ކަމަށް މެކުން ބުނެއެވެ.

ޗައިނާގައި މި ހިދުމަތަށް ލިބޭ ތަރުހީބަށް ބެލުމަށްފަހު މެކްގެ އިތުރު އައުޓްލެޓް ތަކުގައި މި ހިދުމަތް ފުޅާކުރުމާމެދުވެސް އެކުންފުނިން އަންނަނީ ވިސްނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.