މެމްބަރު ފަލާހު ހަމަލާދޭން ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މެމްބަރު ފަލާހު ހަމަލާދޭން ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2021 01:35
0

"އިންޑިއާ އައުޓް" ގޮޮވާމީހުންގެ ކަންފަތްމަތީ ޖަހައިގެންވެސް އެކަން ހުއްޓުވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ފަލާޙް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އެމައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ބަލައި ދިނުމަށް ހުށަހެޅި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންނެވެ. މައްސަލަ ހުށަހެޅުމަށްފަހު ޕީޕީއެމްއިން ބުނެފައިވަނީ މިފަދަ ވާހަތަކުން ހިތްވަރުލިބި ރާއްޖޭގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިކަމަށެވެ. މިއީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި، ތިމާމެން ނުރުހޭ އެއްޗެއް ބުނާ މީހުންނާއި ކުިރމަތިލައި ހަމަލާދޭން ގޮވާލުމަކީ އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ޕީޕީއެމްގެ ޤާނޫނީ ޓީމުގައިވެސް ހިމެނޭ ރާޢިބު ވިދާޅުވިއެވެ.

އެމްޑީޕީން މާލޭ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އެއްވެސް ހާލެއްގައި ހިންގަން ޖާގަދެވޭނެ ހަރަކާތެއް ނޫންކަމަށެވެ. މިކަން ކުރަން ޖާގަ ދިނުމަކީވެސް ޤައުމީ ސަލާމަތަށް އޮތް ނުރައްކަމެއް ކަމަށާއި، އެކަން ހުއްޓުވަންޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަން ކުރާމީހުން ހުއްޓުވުމަށްޓަކައި "އިންޑިއާ އައުޓް" ގޮވާ މީހުންގެ ކަންފަތްމަތީ ޖަހައިގެން ނަމަވެސް މިކަން ހުއްޓުވަންޖެހޭ ކަމަށް ފަލާހް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާއިރު، "އިންޑިއާ އައުޓް"ގެ ކެމްޕެއިން މިހަފްތާގައި އޮތީ ފ.ނިލަންދޫގައި އިންޑިއާ އައުޓް ހަރަކާތް ހިންގުމެވެ.

އިންޑިއާ މިލިއަޓަރީ އައުޓް ހަރަކާތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ތާޢީދުކުރައްވާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް މިހާރު ފުޅަކުރަމުން އަންނައިރު ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައިވެސް އެ ކެމްޕެއިން ދަނީ ކުރިއަށް ގެންދަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.