މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެންޕީން ބުނެފައިވަނީ ކުރިޔަށް އޮތް ތަނުގައި އެޕާޓީން ގިނަގުނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. މިހަރަކާތްތައް ހިންގުމަށް ދީލަތި އެހީއަށް ވަނީ ހުޅުވާލެވިފައެވެ. ޕާޓީގެ އިދާރީ ކަންކަން ހިންގުމާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޕާޓީގެ ގޮފިތައް އެކުލަވައިލެވިގެން ގިނަ މަސައްކަތްތަކެއް ދާއިމީ ގޮތެއްގަ ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ޕާޓީގެ އަމާޒުކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އެމްއެންޕީއަށް ތާއީދު ކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން އެމްއެންޕީގެ އިސްލާމިކް ބޭންކް އެކައުންޓަށް އެހީ ޖަމާކުރެއްވުމަށް ވަނީ އެދިފައެވެ. ދިވެހި ރުފިޔާ ޖަމާކުރައްވާނީ (90101555001141000) މިއެކައުންޓަށެވެ. ޑޮލަރު ޖަމާކުރައްވާނީ (90101555001142000) މިއެކައުންޓަށެވެ. މި 2 އެކައުންޓް ނަންބަރުގެ މައުލޫމާތުވެސް އެމްއެންޕީގެ ވެބްސައިޓުން ލިބިވަޑައިގަންވާނެކަމަށް ވަނީ ބުނެފައެވެ.
ޑޮނޭޝަން ޕޭޖަށް ވަޑައިގަތުމަށް މިލިންކް ބޭނުންކުރައްވާ!
މިގޮތުން އެމްއެންޕީއަށް ތާއީދު ކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ޕާޓީއަށް ޑޮނޭޓްކުރާ ފައިސާ ބޭނުން ކުރާނީ ގައުމާއި ރައްޔިތުންނަށް މަންފާ ކުރާނެ ހަރަކާތްތައް ހިންގުމަށް ކަމުގައި އެޕާޓީން ވަނީ ބުނެފައެވެ. އެޕާޓީއަކީ ޤައުމީ ފިކުރު ކުރި އަރުވާއި ފުދުންތެރި ދިވެހިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި އުފެދުނު ޕާޓީއެއް ކަމަށާއި، އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ މެންބަރުން ހަމަކޮށް ސިޔާސީ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ޕާޓީއެއްކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ