އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ދެކެވޭ ވާހަކަ އެޗްޕީއޭއިން ދޮގުކޮށްފި

އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ދެކެވޭ ވާހަކަ އެޗްޕީއޭއިން ދޮގުކޮށްފި

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2020 12:10
0

ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮތް އައްޑޫ ސިޓީގައި ކޯވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބައެއް މީޑިޔާތަކާއި އާންމު ބައެއް ފަރާތްތަކުން ދައްކާ ވާހަތައް އެޗްޕީއޭއިން ދޮގުކޮށްފިއެވެ.

އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މިހާދިސާގެ މައުލޫމާތު ކަމާިއބެހޭ ފަރާތްތަކާއި ހިއްސާކޮށް އެޗްޕީއޭގެ އިރުޝާދުގެ ދަށުން އަމަލު ކުރަމުންދާކަމަށެވެ. އަދި އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަ އެޗްޕީއޭއިން ވަނީ ދޮގުކޮށްފައެވެ. އާންމު އުސޫލެއްގެ ގޮތުގައި ކޮމިއުނިޓީ ސްޕްރެޑެއް ރަށެއްގައި އޮތް ކަން ކަނޑައަޅާނީ އެރަށެއްގައި ބަލި ފެތުރިގެން ދިއުމުންނެވެ.

އައްޑޫގައި ފުރަބަންދު އުސޫލާއި ޚިލާފްވި މީހެއްގެ ދެވަނަ ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވިދާޅުވީ، އޭނާގެ ފުރަތަމަ ސާމްޕަލް ޔަޤީން ނުވާތީ އިތުރު ސާމްޕަލް އެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުރަބަންދު އުސޫލާއި ޚިލާފުވި މީހާއާ ގިނަ ބަޔަކު ކޮންޓެކްޓްވެފައިވާތީ އެމީހާގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެނގިފައިވާގޮތުން އައްޑޫއަށް ހޯމް ކަރަންޓީނަށްް މިމަހުގެ ފުރަތަމަ ދުވަހު ދިޔަ މީހަކަށް އިތުރު ސިއްޙީ މައްސަލަތަކެއް ދިމާވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ހިނގައިދިޔަ ހާދިސާތަކެއްގައާއި، އޭނާ އައްޑޫގައި ހުރި ގޭގެ މީހުންނާއި ދިމާވެ، އެތައް ބަޔަކު ވަނީ ޑައިރެކްޓު ކޮނޓެެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައެވެ.

ނަފްސާނީ ބައްޔަށް އޭނާ މިހާރު ފަރުވާ ހޯދަމުން އަންނައިރު، އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހެދި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.