އިންޑިއާ ކަނޑުގައި އުފެދެމުންދާ ވާދަވެރިކަމުގައި ރާއްޖެއޮތީ ހަތަރު އަގޮޅިއަކަށް ހުއްޓެންޖެހިފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޚު ހަސީނާ މަޖިލީހުގައި ތަގުރީރު ކުރެއްވުމާއިމެދު މަޖިލީހުގެ މެމްބަރުންގެ ރުހުން ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އިންޑިއާ ކަނޑުގައި މިހާރު އުފެދެމުންދާ ވާދަވެރިކަމުގައި ރާއްޖެ އޮތީ ހަތަރު އަގޮޅިއަށް ހުއްޓެންޖެހޭ ހިސާބުގައިކަމަށެވެ. މިވާދަ ވެރިކަމުގައި ރާއްޖެއިން އިތުރު އެކުވެރިންނާއި ރަހުމަތްތެރި ހޯދުމަކި މުހިންމު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާ ކަނޑުގައި އުފެދެމުން މިއަންނަ ވާދަވެރި ކަމުގައި ދިވެހި ރާއްޖެއަށް މިވަނީ ހައްސާސް އަދި އެހާމެ ނާޒުކު ހަތަރު އަގޮޅިއަކަށް ހުއްޓެންޖެހަފަ. މިހުއްޓުމުގައި ދިވެހިން ބޭނުމީ އިތުރު ރަހުމަތް ތެރިންނާއި، ގުޅުން ބަދަހިކުރުން. އެއްވެސް ޤައުމެއްގެ ދައުރު އަދި ވަކިން ޚާއްސަކޮށް އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެތެރެވަރި ޤައުމުތަކުގެ ދައުރެއް ރާއްޖޭގައި ނެތްކަމަށް ބުނުމަކީ ހަމައެކަނި އަޅުގަނޑަށް ފެންނަ ފެނުމުގައި ހަގީގަތާއި ޚިލާފް ވާހަކައެއްނޫން. އެހާމެ ދިވެހިންނަށް ނިކަމެތިކަން ލިބޭނެ ދެރަ ގޮތްތަށް މެދުވެރި ކުރާނޭ ގުޅުމެއް. ފިކުރެއް، ފަލްސަފާއެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އަބަދުވެސް އެންމެ ބޮޑު ރައްކަލަކީ އިންޑިއާ ކަނޑުން ލިބޭ ރައްކާތެރިކަން ކަމުގައެވެ. އަދި އެކަނޑު ދިވެހިންނަށް ލިބޭ މަންފާއާއި ނަފާއަކީ ދިވެހި ރައްޔިތުންނަށް ލިބޭ އެންމެ ބޮދު ނިއުމަތް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
10،000 އަސްވުރެ ގިނަ އުޅަދުނޑުގައި، އެތައްހާސް ދިވެހި އަބަދުމެ ދަތުރުކުރާ ކަނޑެއްގައި ދިވެހިން އަބަދުވެސް ރައްކާތެރިކަމަށް އެދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވި 4 އަގޮޅިއަށް ރާއްޖެ ހުއްޓެން ޖެހުނުކަމަށް ވިދާޅުވި ވިދާޅުވުމަކީ އިންޑިއާއާއި ވާދަވެރި އެހެން ޤައުމުތަކާއި އޮތް ގުޅުން ބޮޑުވެ ރާއްޖެއިން އިންޑިއާއަށް އެކަނި ބަރޯސާވާ ބަރޯސާވުމަށް ވިދާޅުވި ވާހަކަ ކަމަކަށް ބެލެވެއެވެ.
އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުމާއިއެކު އަވަށްޓެރި އެހެން ޤައުމުތަކާއި ގުޅުން ބަދަހި ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެކެވެ.
One Response
ތިހެންކަމައް ވާނަމަ ތިބޭފުޅާ ޗައިނާޔާ ފާޅުގަ ޖައްސާލައިގެން އުޅެނީ ކީއްވެ. އިންޑިޔާ މުހިންމުވަނީ ކީއްވެ. އަހަރެމެންގެވެސް ގައުމު މިއީ، ރަދުންހެދިގެން ހިތްތިރި ރައީސު މާހިތްމަތިވެގެން އުޅެނީ.