އިންޑިޔާގައި ގަވައިދާ އެއްގޮތައް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބިކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސައްލެ މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިންޑިއާ އައުޓް ހަރަކާތް ފުޅާވެ ގިނަޢަދަދެއްގެ ބަޔަކު ބައިވެރިވަމުން ދާ ދަނޑިވަޅެއްގައެވެ.
ސައްލެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިޔާގައި ގަވައިދާ އެއްގޮތައް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބިކަމަށެވެ. އެކަމުން އިންޑިޔާގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނތޯ ސައްލެ ސުވާލު ކުރެއްވިއެވެ. އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގަައި އާންމު ކަމެއް ނޫންތޯވެސް ސައްލެ ސުވާލު ކުރެއްވިއެވެ.
އިންޑިޔާގައި ގަވައިދާ އެއްގޮތައް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބި އެކަމުން އިންޑިޔާގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނެބާ؟ އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގަައި އާންމު ކަމެއް ނޫންބާ؟
— Ahmed Saleem (@SalleHoarafushi) December 18, 2021
އިދިކޮޅުން ކުރިއަށްގެން ހަރަކާތަށް ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ބުނަމުންދަނީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އިންޑިއާއެކު ރާއްޖެއިން އޮތް ޒަމަންވީ އެކުވެރި ގުޅުމަށް ބުރޫ އަރާނެކަމަށެވެ.
އިންޑިއާ އަކީ ރާއްޖެއަށް ބޭނުންވާ އަސާސީ އެތައް މުދަލެއް އެތެރެ ކުރާ ޤައުމަކަށް ވީހިނދު، އިދިކޮޅުގެ ހަރަކާތުގެ އަސަރު މިކަމަށްކޮށް، ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ