ބޫސްޓަރ ޑޯޒް ޖެހުމަށް ފައިޒާ ވެކްސިންގެ އިތުރު 100،000 އަށްވުރެ ގިނަ ޑޯޒް ރާއްޖެގެނެސްފިއެވެ.
އާންމުކޮށް ހުރިހާ އެންމެންނަށްވެސް ބޫސްޓަރ ޑޯޒް ރާއްޖެ ގެނެސް ޖަހަން ފަށާނެކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ކޯވިޑް ވެކްސިންގެ "ބޫސްޓަރ ޑޯޒް" ޖެހުން މިހާރު ކުރިއަށްދަނީ ވަކި ޚާއްޞަ ކެޓަގަރީތަކަށެވެ.
އަލަށްރާއްޖެ ގެނައީ ފައިޒާ ވެކްސިންގެ 100،620 ޑޯޒް ވެކްސިންއެވެ. މިއީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންތަކެކެވެ. ރާއްޖޭގައި ތިބި ވެކްސިންޖެހޭ އުމުރުފުރާގެ ކޮންމެމީހަކީވެސް ވެކްސިންޖަހާފައިވާ މީހަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން މީގެ ކުރިންވެސް އެމެރިކާއިން ވަނީ ފައިޒަރ ވެކްސިންގެ 120،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.\
More vaccines have landed!
Maldives has received 100,620 doses of Pfizer vaccines donated by @StateDept received via the #COVAX Facility.
The vaccines will support ongoing efforts to vaccinate eligible population & administer booster shots.@MoHmv @HPA_MV pic.twitter.com/buVEpb1r8E
— UNICEF Maldives (@UNICEFMaldives) December 18, 2021
ކޯވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ ކުރީކޮޅުއެވެ. އޭރު ހުޅުވާލީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ. އަދި އޭގެފަހުންވަނީ ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށްވެސް ބޫސްޓަރ ޑޯޒް ޖަހަން ފަށާފައެވެ. މިމަހުގެ 15 އިން ފެށިގެން އާންމުންނަށް ބޫސްޓަރ ޑޯޒް ޖަހަން ވަނީ ފަށާފައެވެ.