ވެރިކަމަށް އަންނަން ބޭނުންނަމަ ރަނގަޅު ސިޔާސަތެއް އެކުލަވާލާ ކެމްޕެއިން ކުރުމަށް އައްޑޫ ސިޓީގެ މޭޔަރު އަދި ކުރީގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު އިދިކޮޅަށް ގޮވާލައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތަށް އިޝާރާތްކުރައްވާ ނިޒާރު ވިދާޅުވީ، ސިޔާސީ މަންފާއާއި އަމިއްލަ އެދުމަށް އެތަކެއް ޒަމާންވީ އެކުވެރި އަވަށްޓެރި ޤައުމުތަކާއި ރާއްޖެއާއި އޮތް ގުޅުން ޚަރާބުކޮށް ދިވެހިން މުސީބާތުގެ ތެރެއަށް ދޫކޮށްލުމަށް ކުރެވޭ މަސައްކަތް ބަލައި ނުގަނެވޭނެކަމަށެވެ.
ނިޒާރު ވަނީ، ވެރިކަމަށް އަންނަން މޮޔަ ނުގޮވައި ހަރުދަނާ ސިޔާސަތު ހުށައަޅައި ކެމްޕެއިންކުރުމަށް އިދިކޮޅަށް ގޮވާލައްވާފައެވެ.
Siyaasee Manfaa aai amilla edhumah ethakei zamaan vee ekuveri avatteri gaumakaai Raaje aai oi gulhun haraab koh dhivehin museebaathei ge there ah dhookollan kurevey masakkai balai nuganeveyne. Verikamah annan moya nugovai harudhanaa siyaasath husha alhai campaign kurun muhimmu.
— Ali Nizar (@DhekunuNizar) December 17, 2021
ރައީސް ޔާމީން އިސްނަންގަވައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ވެފައިމިހާރު ވަނީ ޤައުމީ ހަރަކާތަށެވެ. މި ހަރަކާތުގައި ބައިވެރިވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި މި ހަރަކާތުގެ ޚަބަރުތައް ބޭރުގެ ބައެއް މީޑިއާތަކުންވެސް ފަހަކަށް އައިސް ދަނީ ރިޕޯޓްކުރަމުންނެވެ.
އިންޑިއާ އައުޓް ކެމްޕެއިން ހިންގުމުގައި އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިހަރަކާތަކީ ދެން ހުއްޓުވޭނެ ހަރަކާތެއް ނޫންކަމަށެވެ. ދިވެހި އެތައް ރައްޔިތުން މިހަރަކާތާއި ގުޅި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ހަރަކާތަކީ މަދު ބަޔަކު ހިންގާ ހަރަކާތެއްކަމަށް ބުނި ނަމަވެސް މިހާރު މިއީ ކިހާ ބަޔަކު ހިންގާ ކިހާބޮޑު ހަރަކާތެއްކަން ސަރުކާރަށް އެނގޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ