އައްޑޫސިޓީގައި ހޯމް ކަރަންޓީންގައި ހުރ ިމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ އޭނާއާއި އިތުރު ބަޔަކާ ކޮންޓެކްޓްވެ ކޮމިއުނިޓީ ސްޕެރެޑަކަށް ދިއުމުގެ ބިރު ބޮޑުވެއްޖެއެވެ.
އެނގިފައިވާގޮތުން އައްޑޫއަށް ހޯމް ކަރަންޓީނަށްް މިމަހުގެ ފުރަތަމަ ދުވަހު ދިޔަ މީހަކަށް އިތުރު ސިއްޙީ މައްސަލަތަކެއް ދިމާވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ހިނގައިދިޔަ ހާދިސާތަކެއްގައާއި، އޭނާ އައްޑޫގައި ހުރި ގޭގެ މީހުންނާއި ދިމާވެ، އެތައް ބަޔަކު ވަނީ ޑައިރެކްޓު ކޮނޓެެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައެވެ.
ނަފްސާނީ ބައްޔަށް އޭނާ މިހާރު ފަރުވާ ހޯދަމުން އަންނައިރު، އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހެދި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވުމުންނެވެ.
ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓް ވެފައިވާ މީހުން އެކަހެރިވުމަށް މިހާރު އިރުޝާދު ދީފައިވާއިރު، ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ބިރުހީވެފައިވާކަމަށް މަޢޫލޫމާތު ލިބެއެވެ. މިކަމާއި ގުޅޭ ތަފްސީލް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ