އެމްޓީސީސީގެ ކާމިޔާބީއަކީ އެކުންފުނީގެ މުވައްޒަފުންގެ އިޙްލާސްތެރި ބުރަ މަސައްކަތުގެ ހެޔޮ ނަތީޖާކަމަށް ބުނެ މުވައްޒަފުންނަށް އެމްޓީސީސީން ޝުކުރު އަދާކޮށްފިއެވެ.
އެކުންފުނިން މިހެން ހާމަކުރައްވާފައިމިވަނީ އެމްޓީސީސީގެ ތާރީޚްގައި އެކުންފުނިން ގިނަ ކާމިޔާބީތަކެއް ހާސިލްކުރަމުން ދާތީއެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނުފަހުން މިޙާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދަމުންގޮސްފައިވަނީ އެކުންފުންޏާއި އާދަމް އާޒިމް ހަވާލުވެވަޑައިގެން މި ފާއިތުވި ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައެވެ. މިދިޔަ 2020ވަނަ އަހަރު އެކަނިވެސް 38 މަސްރޫއެއް އެކުންފުނިން ވަނީ ނިންމާފައެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ 23 ބަނަދަރެއްގެ މަސައްކަތް ނިންމައި 34 ބަނދަރެއްގެ މަސައްކަތް މިވަގުތުވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

އެންމެ ފަހުން ނިންމާލީ ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތެވެ. ފަޅަށް ވަންނާނެ ނެރެއްނެތުމުން ކުދި ޑިންގީތަކުގައި މަޝްރޫޢުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނު އެރަށަށް އެތެރެކޮށްގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރި މިބަނދަރަކީ މުޅިން ތަފާތު ގޮތަކަށް ފަރުމާކޮށްގެން ހެދި ބަނދަރެއްވެސްމެއެވެ. ރަށެއްގައި އެމްޓީސީސީއިން މަސައްކަތެއް ކުރާނަމަ އެކުންފުނީގެ އިޖްތިމާއީ ހަރަކާތުގެ ދަށުން ރައްޔިތުން ބެނުންވާ އެތައް ކަންތައްތަކެއްވެސް ކޮށްދެއްވައެވެ. ފެހެންދޫގައި ދޯނިއެހެލާ ސަރަހައްދު ފުންކޮށް ވިއްސާރަވުމުން ފެންހެދޭ، މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމާއި ރައްޔިތުން މޫދައްއެރޭ ސަރަހައްދުގައި ވެލިއަޅައިގެން ސޮލޯޕެއް ލުމާއި ހިއްކާފައިއޮތް ސަރަހައްދުގައި ރުއް އިންދުމާއި ކުނި މެނޭޖްކުރާ ސަރަހައްދު ތަރައްޤީކުރީ މި އުސޫލުންނެވެ.
އެމްޓީސީސީން މިހާރު އަމާޒު ހިފާފައިވަނީ، މި ފެށޭ 2022 ވަނަ އަހަރު އެއްފަހަރާ 70 މަސްރޫއު ހިންގޭވަރު ކުންފުންޏަކަށް އެކުންފުނި ހެދުމަށެވެ.
ކޮމެންޓު ފޮނުވާ