އުނގޫފާރު މަގުތަކުގައި އަންނަ މަހު ތާރު އަޅަން ފަށަނީ

އުނގޫފާރު މަގުތަކުގައި އަންނަ މަހު ތާރު އަޅަން ފަށަނީ

Author
މުޙައްމަދު ޖިމީ
04 ނޮވެމްބަރ 2020 12:42
0

ރ.އަުނގޫފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް އެމަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އުނގޫފާރުމަގުހެދުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާކަމަށާއި، ތާރު އެޅުމަށް ބޭނުންވާ މެޝިނަރީތައް އެރަށަށް މިހާރު ގެންގޮސްފައިވާކަމަށެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުއަށް ދާދި ފަހުން ވަނީ އިތުރު 4 މަގެއް ތަރައްޤީކުރުންވެސް ހިމަނާފައެވެ. އެހެންކަމުން އެ 4 މަގާއެކު 16،488 އަކަމީޓަރުގެ ސަރަހައްދެގައި، ޖުމްލަ 19 މަގެއްގައި ތާރުއަޅަ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރ.އަތޮޅުގެ ވެރިކަންކުރާ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި ފެންހިންދުމުގެ ނިޒާމާއި، މަގުބައްތިއާއި، ދުވެލިމަތަ ހެދުމުގެ އިތުރުން ޓްރެފިކް ނިޝާންތައް ހަރުކުރުން ހިމެނެއެވެ. އެރަށު މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.