ކޯވިޑަށް ފަރުވާދެމުންދިޔަ 82 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާދެމުންދިޔަ 82 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2021 04:30
0

ކޯވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ، ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 256 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ މިއަދު 2:23 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ ކޯވިޑް ފެސިލީގައި ފަރުވާ ދެމުންދި އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ މިބަލީގައި ނިޔާވި 256 ވަނަ މީހާއެވެ.

މިއީ މިބަލީގައި މިމަހުގެ ނިޔާވި 7 ވަނަ މީހާއެވެ. ކޯވިޑް ޖެހިގެން މިވަގުތު 1861 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއެންޓް ކަމަށްވާ "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.