އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް ރަސްމީކޮށް އިފްތިތާޙުކުރުމަށް ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.
މި ޙަފްލާ ޝަރަފްވެރިކޮށްދެއްވައި އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން ( އައިއޯސީސީ) ގެ އިސްލާމިކް އެޑްވައިޒަރީ ކައުސިލްގެ މެންބަރު ފަޟީލަތުއްޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދުއެވެ.
އަދި އައިއޯސީސީގެ ރައީސް އަދި އިލްމު އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން، އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމު، އަދި އައިއޯސީސީގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލްގެ ރައީސް ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފް ބައިވެރިވެ ވަޑައިންނެވިއެވެ.
މީގެ އިތުރުން ކޮއްކޮމެން ޕްރީ ސްކޫލްގެ އިސްވެރިންނާއި ޚާއްޞަ މެހުމާނުން ބައިވެރިވެވަޑައިގެންނެވިއެވެ. އިލްމު އިންސްޓިޓިއުޓްގައި 5 ކުލާސްރޫމާއި ޤުރްއާނުގެ ޢިލްމު އުނގެނުމަށްޓަކައި ލައިބްރަރީއަކާއި ލެބެއް ވަނީ ޤާއިމުކުރެވިފައެވެ.
އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް ރަސްމީކޮށް އިފްތިތާޙުކުރުމަށް ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ. pic.twitter.com/3vYKtPR2VL
— Ilm Institute (@ilminstitutemv) December 8, 2021
އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް ރަސްމީކޮށް އިފްތިތާޙު ކޮށްފައިވާއިރު، އެއިންސްޓިޓުޓުން ވަނީ 100 ހާފިޒުން ތަމްރީން ކުރުމުގެ ބޮޑު ޕްރޮގުރާމެއް ފަށާފައެވެ. 100 ޙާފިޒުން އުފެއްދުމުގެ މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ރާއްޖޭގައި ޙާފިޒުން އިތުރުކުރުމުގެ މަތިވެރި މަޤުޞަދުގައި ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސްގެ ފަރާތުން ކުރިއަށް ގެންދާ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ފިޒިކަލް ކުލާސްތައް މިވަގުތު ކުރިއަށް ދާނީ މާލޭގައި އެކަންޏެވެ. އޮންލައިން ކުލާސްތައް މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދެވޭނެއެވެ. ޢިލްމުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޢިލްމުގެ ފިޒިކަލް ޙިފްޒު ކެމްޕަސްއެއް ޤާއިމު ކުރުމެވެ.