އަނބިމީހާ ފިރިމީހާގެ ބަނޑަށް ވަޅިހަރައިގެން، އައިސީޔޫގައި ފަރުވާދެނީ!

އަނބިމީހާ ފިރިމީހާގެ ބަނޑަށް ވަޅިހަރައިގެން، އައިސީޔޫގައި ފަރުވާދެނީ!

Author
މުޙައްމަދު ޖިމީ
08 ޑިސެމްބަރ 2021 01:13
0

އަންހެނަކު އޭނާގެ ފިރިމީހާގެ ބަނޑަށް ވަޅިހެރުމުން، ލިބުނު ޒަޚަމްތަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އައިޖީއެމްއެޗް އިން ބުނީ، ތޫނު އެއްޗަކުން ހަމަލާދީގެން ޢުމުރުން 34 އަހަރުގެ ފިރިހެނަކު މިދިޔަ ހޯމަ ދުވަހު އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް ހޮސްޕިޓަލުން ހިއްސާ ނުކުރެއެވެ.

ފުލުހުންގެ ބުނީ، މާލޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގައިތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓު މިދިޔަ ހޯމަ ދުވަހުގެ ރޭ ލިބިފައިވާކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުން އަންނަކަމަށެވެ.

އަންހެން މީހާ ފިރިހެންމީހާގެ ބަނޑަށް ވަޅި ހެރުމުގެ ސަބަބުން ލިބިފައިވަނީ ސީރިއަސް ޒަޚަމްތަކެއްކަމަށް މަޢުލުމާތު ލިބެއެވެ. އަދި އެއީ ދެމަފިރިންނެވެ. އަންހެންމީހާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން އަންނަ މީހެއްކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގޯސްކަމެއްކުރާމީހާ މިހާރު މިވަނީ ނަފުސާނީ ބަލިމީކަށް