ކޯވިޑަށް ފަރުވާ ދެމުންދިޔަ 79 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާ ދެމުންދިޔަ 79 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2021 10:14
0

ރާއްޖެއިން ކޯވިޑަށް ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

މިމީހާ ނިޔާވެފައިވަނީ އައްޑު ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. މިމީހާ ނިޔާވެފައިވަނީ ރޭ 21:30 ގައެވެ. މިމީހާއަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ 79 އަހަރުގެ ފިރިހެނެކެވެ.

މިމަރާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދުވަނީ 255 އަށް އަރާފައެވެ. އިއްޔެވެސް ރާއްޖެއިން ކޯވިޑްގައި މީހަކު މަރުވެފައެވެ. އަދި ހޮނިހިރު ދުވަހުވެސް ވަނީ 2 މީހަކު ކޯވިޑްގައި މަރުވެފައެވެ. މިފަހަކަށް އައިސް ރާއްޖެއިން ކޯވިޑްގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

ރާއްޖެއިން ކޯވިޑްގައި މަރުވާ މީހުން އިތުރުވެފައިވާއިރު، ރޭ ވަނީ ކޯވިޑްގެ އާ ވޭރިއަންޓްވެސް ރާއްޖެއިން ފެނިފައެވެ. ކޯވިޑް-19 އަށް ފާއިތުވި މަސްތަކުގައި ގިނައިން ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. އެގޮތުން މިވަގުތުވެސް 14 ރަށެއް އޮތީ ކޯވިޑްގެ ސަބަބުން އަރާފޭބުން މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.