ބިދޭސީންގެ މައްސަލައަކީ ކުރީ ސަރުކާރުން ހާވާފައޮތް ހަޑި މުޑުދާރު ޖަރީމާއެއް: ފައްޔާޒު

ބިދޭސީންގެ މައްސަލައަކީ ކުރީ ސަރުކާރުން ހާވާފައޮތް ހަޑި މުޑުދާރު ޖަރީމާއެއް: ފައްޔާޒު

ރާއްޖޭގައި މިއަދު ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައަކީ ނިމިދިޔަ ވެރިކަމުގައި ހާވާފައި އޮތް ހަޑިމުޑުދާރު ޖަރީމާއެއް ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު މިހާރަކަށް އައިސް އަދާކުރާނެ ވަޒީފާއެއް ނެތި މަގުމަތީގައި ސަލާންޖަހަމުންދާ މައްސަލައިގައި މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ސަމާލުކަމަށް ނޫސްވެރިއަކު ގެނައުމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މިމައްސަލައަކީ 2014- 2018 އާއި ދެމެދު ހާވާފައިވާ ބޮޑު ޖަރީމާއެއްކަމަށެވެ. މިކަން ހައްލު ކުރުމުގެ ޒިންމާ އޮތީ މިސަރުކާރުގައި ކަމަށާއި، އެކަން މިސަރުކާރުން ހައްލު ކޮށްދެއްވާނެކަމަށެވެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ. ޝައްކެއްވެސްނެތް އެހީތެރިކަން ފޯރުކޮއްދޭނެ. 2014-2018 ހާވާފައޮތް ހަޑި މުޑުދާރު މި ޖަރީމާއާ ހަވާލުވެ އިރާދަކުރެއްވިއްޔާ ހައްލުކުރާނީ މި ސަރުކާރު. ތިޔަފަދަ ކޮންމެ އެހީތެރިކަމެއް އުފަލާ އެކު ބަލައިގަންނާނަން. އެ ފަރާތާގުޅޭނެ ނަމްބަރު ފޮނުވާލަދެއްވުން އެދެން.

– މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިނިސްޓަރ ފައްޔާޒު އިސްވެ ހުންވައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ވަގަށް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތްތަކާއި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އަޅަންޖެހޭ ފިޔަވަޅުވެސް ދަނީ އަޅަމުންނެވެ.

އަދި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރާ ކޯޓާގެ ޢަދަދު 2018 ވަނަ އަހަރަށްވުރެ މިސަރުކާރުގެ ފާއިތުވި 3 އަހަރު %55 ދަށްކުރެވިފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށާއި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ހިންގޭ ޕްރޮގްރާމް އަދިވެސް ހަރުދަނާކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 24 ހާސް ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ބިދޭސޭންގެފަރާތުން މޭހުންމެރުމާފޭރުމާ ރޭޕުަދިމޭހުން މެރުންފަދަ ކަންތައްވާންފެށޭ މިސަރުކާރުގަ މޭހަގޭގަތެއް

Leave a Reply

Your email address will not be published. Required fields are marked *