ކޯވިޑްގައި އިތުރު މަރެއް، ދެދުވަސް ތެރޭ ތިންވަނަ މަރު

ކޯވިޑްގައި އިތުރު މަރެއް، ދެދުވަސް ތެރޭ ތިންވަނަ މަރު

Author
މުޙައްމަދު ޝަޒައިމް
05 ޑިސެމްބަރ 2021 08:54
0

ކޯވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ، ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 254 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 6:29 ގައި ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިމީހާއަކީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއްކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ. މިމަރާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 254 އަށް އަރާފައެވެ.

އިއްޔެވެސް ރާއްޖެއިން ވަނީ ކޯވިޑްގައި 2 މީހަކު ނިޔާވެފައެވެ. އިއްޔެ ނިޔާވީ ދިވެހި ދެފިރިހެނުންނެވެ.

އިއްޔެ ފުރަތަމަ ނިޔާވެފައިވަނީ ދ.ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފަހުން ނިޔާވީ ހއ. ތުރާކުނު މީހެކެވެ. މިއީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުން މިދުވަސްވަރު އެންމެ ގިނައީ އަތޮޅުތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.