ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 34 ޕަސެންޓް ނިމިއްޖެއެވެ.
މިލަދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ އަޕްޑޭޓް މިއަދު ވަނީ ހާމަކޮށްފައެވެ. އެމްޓީސީސީން ވިދާޅުވީ ބަނދަރުގެ މަސައްކަތުގެ 34 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓްވެސް މިހާރު ނިމިފައި ވާކަމަށެވެ.
ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 34 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢުގައި ސޮއިކުރެވިފައިވަނީ 25 ސެޕްޓެމްބަރ 2019 ގައި. pic.twitter.com/zj5jh5SMBD
— MTCC Plc (@MTCCPlc) November 4, 2020
މިއީ 42,183,081.60 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގައި ސޮއިކުރެވިފައިވަނީ 25 ސެޕްޓެމްބަރ 2019 ގައެވެ.
މިލަދޫގައި ހަދާ ބަނދަރުގެ މަޝްރޫއު ނިމުމުން، 248 މީޓަރުގެ ބޭރު ތޮއްޓަކާއި 286 މީޓަރުގެ އެތެރެ ތޮއްޓެއް އިންނާނެއެވެ. އަދި އެ ރަށުގެ ބަނދަރުގައި 137 މީޓަރުގެ ރިވެޓްމެންޓް ޖަހާ ނިންމާނެއެވެ. އަދި ބަނދަރާއި ނެރުވެސް ފުން ކުރާނެއެވެ.
ކޮމެންޓު ފޮނުވާ