ރައީސް ވަހީދުގެ ކިބައިން ބަޢާވާތް ކުރުމުގެ ސިފަ ނޫނީ ނުފެނޭ: ވައްޑެ

ރައީސް ވަހީދުގެ ކިބައިން ބަޢާވާތް ކުރުމުގެ ސިފަ ނޫނީ ނުފެނޭ: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2021 06:44
0

ކުރީގެ ރައީސް ވަހީދުގެ ކިބައިން ބަޢާވާތް ކުރުމުގެ ސިފަ ނޫނީ ނުފެނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުމާއި ގުޅިގެން އެމްޑީޕީގެ އެންމެ ގިނަ މެމްބަރުންގެ ނުރުހުން އަމާޒުވެފައިވާ ބޭފުޅަކީ ރައީސް ވަހީދެވެ. ނަޝީދުގެ ވެރިކަން ބަދަލު ކުރުމުގައި އޭރު ހިނގައިދިޔަ ކަންތައްތަކުގެ މޭސްތިރިޔަކީ ރައީސް ވަހީދުކަމަށް އެމްޑީޕީ މެމްބަރުން ތުހުމަތު ކުރެއެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވަހަކަ ދައްކަވަމުން ރައީސް ވަހީދު ވަނީ މިއަދު ފެންނަނީ ދައުލަތުގެ މާލިއްޔަތު ބަނގުރޫޓުވެފައިވާ މަންޒަރު ކަމަށާއި ރާއްޖޭގައި މިހާރު އޮތް އިގްތިސާދީ އަނދަވަޅުން ގައުމު ސަލާމަތް ނުވާތަން ކަމަށެވެ. މިހާރު އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީނާއި ވެރިކަން ހަވާލު ކުރުންކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

ވަހީދުގެ ވާހަކަތަކާއި ގުޅިގެން ވައްޑެ ވިދާޅުވީ ރައީސް ވަހީދުގެ ކިބައިން ފެނިގެންދަނީ، މުޅިންވެސް ބަޣާވާތް ކުރުމުގެ ސިފަ ކަމަށެވެ.

އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމާލާނެއޭ ބުނާހެން، ބ. ވަހީދުގެ ކިބައިން ބަޢާވާތް ކުރުމުގެ ސިފަ ނޫނީ ނުފެނޭ.

– ވައްޑެ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަހީދު ވަނީ ޔާމީންގެ ވެރިކަމުގައި ފެނުނީ ރާއްޖޭގައި ބޮޑެތި ކަންތައްތަކެއް ކުރެވުނުތަން ކަމަށާއި ނަމަވެސް މިއަދު ހުރިހާ ދިމާލަކުން ފެންނަނީ ކަންނެތްކަމާއި އިހުމާލާއި ފަރުވާކުޑަކަން ކަމަށްވެސް ވިދާޅުވެފައެވެ. އަދި ވެރިކަމަަށް މީހަކު އަންނަންވާނީ ގައުމުގެ ކުރިމަގާމެދު ތަސައްވުރެއް އޮވެގެން ކަމަށާއި ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި ގައުމު އޮންނާނެ ގޮތުގެ ތަސައްވުރެއް ވެސް މި ސަރުކާރު ބުނެދެވިފައި ނުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދުރުމި
އަވަހީދު އުޅެނި ކޯޗެއް މަދުވެގެން ވެރިކަންތަ؟ ނޫނީ ބަޣާވަތްތަ؟
އ އަލީރަޝީދު
ހޯރަފުށީ ވަށްޑޭމެންގެ ކިބައިގާ ރަށްދު ދިނުމުގެ ޤާބިލުކަމެއް ނެއ
E E kanbaa
Kalhu kaalhaa covid aahedhi dhuniye vanee economic crisis ehge therey.. kaalhu thiya ulhenee ekanves olhuvaalan balaga yaaminu kuree vahkan ekan mulhi dhuniye ahves egey.. kaley vaanee hama kalhu kaalhakah.. dhaane dhimaleh neygigen mihaaru thiya ulhenee rufiyaa kolhu husvee tho
A Aneeka
ކިޔާނެ އެއްޗެއް ނޭނގުނީމަ ކިޔަން އޮތް އެއްޗެއް ތިޔައީ ކަޅު ކާޅޭ ކިޔައިގެން މަލާމާތް ކުރީމަ ތިޔަ އެކަން ރައްދު ކުރެވެނީ ހެއްދެވި ފަރާތަށް ބުރާންތި ވިޔަސް ބޮޑުވަރު އޭނައަކީވެސް އަމިއްލައަށް ހެދިގެން އުޅޭ މީހެއްނޫން ﷲ ހެއްދެވި އަޅެއް. ކަލެއަކީވެސް ﷲ ހައްދަވާފައިވާ އަޅެއް. ކަލެއަށް އެކަންް ނޭނގުނީމަ ހައިރާންވޭ.
ޢ ޢަވާމެނދުރު
ޢެސިފަ އެއްމެގުޅޭ ބަޔަކީ މޑޕ މެމްބަރުން އެހެނީއެވެރިންއަބަދުވެސް އުޅޭނ ތިމާއައްލިބޭއެއްޗެހިމަފުވެގެން އެހެންމީހުންގެ ހަެްގުތަެްވެސް އަތުލަށް
ފ ފާތި
މިވައްޑެ މިއުލެނީ ކޮން ކަމެއް މަދުވެގެން އަދިވެސް ލިބޭވަރު ތައްމަދީކަންނޭގެ