މިއަދު ނެގި 1318 ސާމްޕަލް އިން ޕޮޒިޓިވްވީ 56 މީހުން

މިއަދު ނެގި 1318 ސާމްޕަލް އިން ޕޮޒިޓިވްވީ 56 މީހުން

Author
މުޙައްމަދު ޖިމީ
03 ނޮވެމްބަރ 2020 10:03
0

ރާއްޖެއިން އިތުރުން 56 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި 59 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި، އަތޮޅުތަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 33 މީހުންނެވެ. އޭގެތެރޭގައި މިއަދު ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި 27 މީހުންވެސް ހިމެނެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން މިބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 11،796 އަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ވަނީ 46 މީހަކު ރަނގަޅުވެފައެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 10،916 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު މިބައްޔަށް ފަރުވާދެމުންދާ ނުވަތަ އެކްޓިވް ކޭސްގެ ގޮތުގައި 776 ތިބިއިރު، އޭގެތެރެއިން 56 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޓެސްޓްކުރުމަށް 1،318 ސާމްޕަލް ނަގާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާތަނަށް ރާއްޖެއިން މިބަލީގައި 38 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވަން ފަށާފައިވީނަމަވެސް ރިސޯޓުތަކުން ފެންނަ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.