ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް މައި ދޮރާށި ކައިރީގައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނަގައިފިއެވެ. މިކަމާއި ގުޅިގެން އައިޖީއެމްއެޗް އިން ވަނީ މައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ.
ފަންޑު ފޮށި ވަގަށް ނަގާފައިވަނީ އިއްޔެ ހެނދުނުއެވެ. ފުލުހުން ބުނީ، އައިޖީއެމްއެޗް އިން ފަންޑު ފޮއްޓެއް ވަގަށް ނެގި ކަމުގެ ރިޕޯޓު ލިބުނީ ހެނދުނު 11 ޖަހާކަންހާއިރުކަމަށެވެ.
ފުލުހުންނާއި ހޮސްޕިޓަލުން ބުނެފައިވަނީ އަދި އެ ފަންޑުފޮށި ފެނިފައިނުވާކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ފަންޑުފޮށި ހޮސްޕިޓަލިުގެ ފާޚާނެއް ތެރޭގައި ހުރިކަމަށްވެސް ބުނެފައެވެ. އެގޮތުން ހޮސްޕިޓަލުގެ ބޭސް އަޅައިދޭ ކޮޓަރި ކައިރީގައި ހުންނަ ޢާންމު ފާޚާނާއަށް އެފަންޑުފޮށި ގެންދިޔަ ގޮތާއި ގުޅޭގޮތުންވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ފަންޑުފޮށި ފާޚާނާގައި ހުއްޓާ ފެނިފައިވާއިރު، ހުރީ ގެއްލުންތަކެއް ދީފައެވެ. އަދި ފައިސާ ނަގާފައިވާކަމަށްވެސް ވެއެވެ.
އައިޖީއެމްއެޗަކީ ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ހޮސްޕިޓަލެކެވެ. އެގޮތުން ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައިވެސް އަބަދުވެސް ފުލުހުން ތިބެއެވެ.
One Response
ތީ ތަކުރާރުކޮށް އައި.ޖީ.އެމް.އެޗުން ރާވައިގެން ކުރާކަމެއް. ޢެތާ ވެރީން ދަތިވީމަ ހުޅުވާ×ފަންޑެއް. ޣެ ފަންޑަށް ލާރިނާޅަންވީ.