ގައުމަށް ޙަގީގީ ތަރައްގީ އަންނާނީ ޢަދުލު އިންޞާފު ގާއިމުވެގެންކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޟް ވިދާޅުވީ، ގައުމަށް ޙަގީގީ ތަރައްގީ އަންނާނީ ޢަދުލު އިންޞާފު ގާއިމުވެގެންކަމަށާއި، ބޮޑުންގެ ސަލާމަތާއި ރައްކާތެރިކަން މުހިއްމުވާ ފަދައިން ޢާއްމު ރަޢްޔިތުންނާއި މެދުގައިވެސް އެގޮތް ދެކިގެންކަމަށެވެ. ނޫންނަމަ ކިތަންމެ ގިނަ ބުރިޖެއް އެޅިޔަސް ގައުމު ތަރައްގީ އެއް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމަށް ޙަގީގީ ތަރައްގީ އަންނާނީ ޢަދުލު އިންޞާފު ގާއިމުވެގެން. ބޮޑުންގެ ސަލާމަތާއި ރައްކާތެރިކަން މުހިއްމުވާ ފަދައިން ޢާއްމު ރަޢްޔިތުންނާއި މެދުގައިވެސް އެގޮތް ދެކިގެން. ނޫންނަމަ ކިތަންމެ ގިނަ ބުރިޖެއް އެޅިޔަސް ގައުމު ތަރައްގީ އެއް ނުވާނެ.
— Dr.Mohamed Iyaz (@dr_iyaz) November 27, 2021
ޑރ.އިޔާޟް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީއަށް ބޮޑު ހޭދައެއް ދައުލަތުން ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރައީސް ނަޝީދު ދިރިއުޅުއްވުން މުރައިދޫގެއަށް ބަދަލުކޮށްފައިވާއިރު، އެސަރަހައްދުގައި ރަތް ރޮނގުދަމާ މަޑުނުކުރެވޭގޮތަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރު އަދުލު އިންސާފް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއްވަޢުދު ކަމަށްވީނަމަވެސް، އެ ވަޢުދު ފުއްދަމުން ނުދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ މިސަރުކާރުގައި އަދުލު އިންސާފު ޤާއިމްވެ ޝަރުޢީ ނިޒާމް އިސްލާހުވަމުން އަންނަކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ