26 އަހަރުގެ ޒުވާނަކަށް 78 އަހަރުގެ ޖަލު ޙުކުމެއް!

26 އަހަރުގެ ޒުވާނަކަށް 78 އަހަރުގެ ޖަލު ޙުކުމެއް!

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތިން ދަޢުވާއެއް ސާބިތުގެ ޒުވާނަކު ޢުމުރުދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

ޅ.ނައިފަރު ޢުމުރުން 26 އަހަރުގެ މުޢުތަސިމް ޔޫސުފްގެ މައްޗަށ ްއުފުލި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާތަށް ސާބިތުވެ އޭނަގެ މައްޗަށް ވަނީ 78 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އޭނާ ވަނީ ކުށަށް އިޢުތިރާފްވެފައެވެ.

އޭނަގެމައްޗަށް ކޮށްފައިވާ ޙުކުމުގައި ކެނަބިސް ބޭނުންކުރުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ 2 އަހަރާއި 8 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތިން ދައުވާއަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ތިން ދަޢުވާގެ ޢުމުރު ދުވަހުގެ ޙުކުމަކީ 75 އަހަރެވެ.

އެ ތިން ދައުވާގެ ތެރެއިން ކޮންމެ ދައުވާއަކަށް 100،000 އިން ޖޫރިމަނާކޮށްފައިވެސްވެއެވެ. އެހެންކަމުން އެއީ ޖުމްލަ 300،000 ރުފިޔާގެ ޖޫރިމަނާއެކެވެ. އެ ފައިސާ 12 މަސްދުވަހުގެ ތެރޭގައި ދައްކަންވެސް ޙުކުމުގައި ޢަމުރުކޮށްފައިވެއެވެ.

ޝަރީޢަތކުގައި އޭނާ ވަނީ އެކުށްކުރި ގޮތްވެސް ކިޔައިދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *