ޓިކްޓޮކް ތަރި ނިމްޝާ އެމްއެންޕީއާއި ގުޅިއްޖެ

ޓިކްޓޮކް ތަރި ނިމްޝާ އެމްއެންޕީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2021 04:47
0

ރާއްޖޭގެ ކުޅަދާނަ ޓިކްޓޮކާ ނިމްޝާ ޒާހިރް(ނިމް) މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިއްޖެއެވެ.

ނިމްޝާ އެމްއެންޕީއަށް ސޮއިކޮށް، ފޯމް ހަވާލުކޮށްފައިވަނީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމްއާއިއެވެ. ނިމްޝާ އެމްއެންޕީއާއި ގުޅުމުން އެޕާޓީން ވަނީ އެނާއަށް މަރުހަބާ ދަންނަވާފައެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާގެ ގިނަ ފަންނާނުން އެމްއެންޕީއާއި ގުޅެމުންދާއިރު، އެޕާޓީން އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުމެވެ.

ކެބިން ކުރޫއެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ ނިމްޝާ ވަނީ އެދާއިރާ ދޫކޮށް މޮޑެލިންގްގެ ދާއިރާއިން ކުރިޔަށް ދާން ފަށާފައެވެ. ބައެއް އިސްތިހާރު ތަކުންވެސް ނިމްޝާ ފެނިގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން 'ޑައިނާސްޓީ ޑާންސް އެކަޑަމީ’ގެ ނަމުގައި ނަށަން ދަސްކޮށްދިނުމަށް އޭނާ ވަނީ ކްލާސްތަކެއް ނަގަން ފަށާފައެވެ.

އެޕާޓީން ދަނީ މެމްބަރުން އިތުރު ކުރުމަށް ޚާއްސަ ޕްރޮގުރާމުތަކެއް ހިންގަމުންނެވެ. އެގޮތުން މާލެ އާއި އަތޮޅު ތެރޭގައިވެސް ގެންދަނީ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.