ހިޔާ ފްލެޓްތައް އަޅައިދިނުމަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ޝުކުރު ޙައްޤު މަސަައްކަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނަރާ މިފަދައިން ވިދާޅުވެފައިވަނީ ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން މިސަރުކާރުން ޚާއްސަކޮށް، ހައުސިން މިނިސްޓަރ އަސްލަމް މިއަދު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާކަމަށް ބެލެވެއެވެ. މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެކަނި ނިންމޭ ނިންމުމެއްނަމަ ހިޔާ ފްލެޓްތައް ތަޅާލީސްކަމަށެވެ
މިމައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އަސްލަމަށް އަމާޒުވެފައިވާއިރު، ގިނަ ބަޔަކު ބުނަމުންދަނީ ދަތި ހާލުގައިތިބި ރައްޔިތުން ވަންނާނެ ތަނެއްނެތި ބިކަ ހާލަތުގައި ތިއްބައި ވަދެވޭނެ ފަދަ ގޮތެއް ލިބުމުން އެތައްވެސް ނައްތާލުމުގެ ވިސްނުން ގެންގުޅުމަކީ މިނިސްޓަރ އަސްލަމްގެ ނާގާބިލްކަން ހާމަވާ ކަމެއްކަމަށެވެ. އަނާރާ ވިދާޅުވެފައިވަނީ ހިޔާ ފްލެޓްތަކަކީ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޝުކުރު ހައްގު މަސައްކަތެއްކަމަށެވެ.
ހިޔާ ފްލެޓްތައް އަޅައިދިނުން އެއީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ޝުކުރު ޙައްޤު މަސަައްކަތެއް. ޝުކުރިއްޔާ.
– އަނާރާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ ރައީސް ޔާމީން ސަރުކާރުގެ ހިޔާ މަޝްރޫޢުގެ އެއްކޮޓަރީގެ އެޕާޓްމަންޓްތައް ފެނިއްޖެތޯއެވެ.
އެ ސުވާލުގެ ޖަވާބު ދެއްވަމުން ހިތްޕުޅު ހަމަނުޖެހުމާއެކު މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތަކަކީ މުޅި އައްޑޫ ސިޓީގެ އާބާދީއާއި އެއްވަރުގެ އާބާދީއެއް އެއްތަންކޮޅަށް ޖަމާކުރުވަން ހިންގާފައިވާ މަޝްރޫޢުއެއްކަމަށެވެ. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށާއި، އެތަނަކީ ކޮތަރުކޮއްޓެއްހާ ކުޑަ ތަންކޮޅެއްކަމަށް ވިދާޅުވުމުން އެމަނިކުފާނަށް ހެއްދެވި ނުހެއްދެވިއަށް ބައެއް ފަރާތްތަކުން ގޮވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެއާއެކު އެ ކޮތަރުކޮށިތައްވެސް މީހުން ދިރިއުޅެން ދޭން ގޮވާުމުން އެތަން މިހާރު އެހުރީ ދޫކޮށްފައިކަމަށާއި، އެއާއެކު އެތައް މައްސަލައެއް އެތަނުން ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން މަސްތުވާ ތަކެތީގެ މައްސަލަތަކާއި އެނޫންވެސް މައްސަލަތައް އުފެދިފައިވާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ،ދެން އިތުރަށް ކުރެވޭނެކަމެއްނެތްކަމަށާއި، ދެން އޮތީ އެތަން ބެލެހެއްޓުންކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ފިޔަވޅު އެޅުންކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
7000 ފްލެޓްގެ 16 ޓަވަރު ރައީސް ޔާމިންގެ ސަރުކާރުން އިމާރާތް ކޮށްފައިވަނީ، 30،000 އަށްވުރެ ގިނަ އާއިލާއަށް ބޯހިޔާވަހިކަން ހޯދާދީ، މާލެއާއި ރާއްޖޭގެ އެކި ރަށްތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް އެކަށީގެންވާ މިންވަރުގެ ހައްލެއް ހޯދާދިނުމަށެވެ.
ހިޔާ ފްލެޓްތަކުގައި މިހާރު މީހުން އާބާދުވާން ވަނީ ފަށާފައެވެ. އަދި ހިޔާ ފްލެޓާއެކު ދިރިއުޅުމަށް ބަދަލުތަކެއް އައިސްފައިވާކަމަށްވެސް އެ އާއިލާތަކުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ