ސަރުކާރުތަކުން ޢަރަބިއްޔާ ދެކެނީ ދޮން ދަރިއެއްގެ ގޮތުގައި: ޒައިދު

ސަރުކާރުތަކުން ޢަރަބިއްޔާ ދެކެނީ ދޮން ދަރިއެއްގެ ގޮތުގައި: ޒައިދު

Author
މުޙައްމަދު ޖިމީ
23 ނޮވެމްބަރ 2021 02:18
0

ޢަރަބިއްޔާ ސްކޫލް ހިންގުމަށް އެހެން ޢިމާރާތެއް ހަމަޖައްސައިދިނުމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޒައިދު މިކަމަށް ގޮވާލެއްވީ، އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ ޢިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުންދާތީ އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ރައްކާތެރި ޢިމާރާތެއް ހަމަޖައްސައިދިނުމަށް ބެލެނިވެރިން އެދެމުންދާ ދަނޑިވަޅެއްގައެވެ.

ޒައިދު ވިދާޅުވީ، ސަރުކާރުތަކުން ޢަރަބިއްޔާ ދެކެނީ ދޮން ދަރިއެއްގެ ގޮތުގައިކަމަށެވެ. އަހަމިއްޔަތުކަން ކުޑަވަނީ އެހެންކަމުންކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

ބައެއް ފަރާޔްތަކަކީ ޢަރަބި އިސްލާމި ތަޢުލީމަށް ވަރަށް ނަފްރަތުކުރާ ބައެއް! ޢަރަބި އިސްލާމީ ތަޢުލޫމަކީ އެމީހުން ދެކޭގޮތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް!

– ޝައިޚް ޢަލީ ޒައިދު

ޒައިދު މިހެން ވިދާޅުވެފައިވާއިރު،އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ ޢިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ އެ ޢިމާރާތުގެ އެސެސްމަންޓްތަކެއް ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލް ޢިމާރާތުގެ ކަންކަން އެމިނިސްޓްރީން ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަކަމަށެވެ. މައްސަލަ އެމިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އިންޖިނިއަރުން ލައްވާ ޢަރަބިއްޔާ ސްކޫލް ޢިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އިންސްޕެކްޝަން ރިޕޯޓުން ދައްކާގޮތުގައި ވަގުތުން ކުރަންޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗަރ އެސެސްމަންޓެއް ހަދައިގެންކަމަށާއި، އެކަމަށް 2 މަހެއްހާ ދުވަސް ނަގާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.