އެކައުންޓް ބެލެންސުން ކުއްލިއަކަށް ސުމެއް ދެއްކުމަކީ ގާނޫނީ ވަރަށް ބޮޑު މައްސަލައެއް: މުސްތަފާ

އެކައުންޓް ބެލެންސުން ކުއްލިއަކަށް ސުމެއް ދެއްކުމަކީ ގާނޫނީ ވަރަށް ބޮޑު މައްސަލައެއް: މުސްތަފާ

Author
ހުސެއިން
21 ނޮވެމްބަރ 2021 07:32
0

ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ބެލެންސް އިން ސުމެއް ދެއްކުމަކީ ގާނޫނީ ވަރަށް ބޯޑު މައްސަލައެއް ކަމަށާއި، ޒިނާމާދާރު ވެރިކަން ފުނޑުނީ ފައިސާއަށް ކޮމާޝަލް ބޭންކުން ކެހިވެރި ވީމާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެއެވެ.

ބޭންކުން އޮފް މޯލްޑިވްސްގެ އޮފިޝަލް މޯބައިލް އެޕްލިކޭޝަންއިން، ދިވެހި އެތައް ރައްޔިތުންނަކާއި ވިޔަފާރިތަކުގެ އެކައުންޓް ބެލެންސް ރަސްމީކޮށް ސުމެއްކަމަށް ދައްކާކަމީ، ގާނޫނީ ވައްކަމެއް ކަމަށް ސިފަކުރައްވަމުން މުސްތަފާ ކުރެއްވި ޓުވީޓެއްގައި އޭނާވަނީ މަރުކަޒީ ބޭންކުން ބޭންކް އޮފް މޯލްޑިވްސްއަށް އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ގޮވާލައްވާފައެވެ. އަދި މިއީ ބޭންކް އޮފް މޯލްޑިވްސްއިން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައިވެސް މުސްތަފާވަނީ ސިފަ ކުރައްވާފައެވެ.

މުސްތަފާވަނީ ބީއެމްއެލްއަށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުއަށާއި އަދި ރައްޔިތުންގެ މަޖިލީހަށްވެސް ގޮވާ ލައްވާފައެވެ.

ބީއެމްއެލްގެ އޮފިޝަލް މޯބައިލް އެޕްލިކޭޝަންއިން، ދިވެހި ބައެއް ރައްޔިތުންނާއި އަދި ބައެއް ވިޔަފާރިތަކުގެ އެކައުންޓް ބެލެންސް ސުމެއްކަމަށް ދައްކާފައިވާ ކަމަށް މުސްތަފާ ވިދާޅުވެފައި ވާއިރު، ބޭންކް އޮފް މޯލްޑިވްސްގެ ބޭންކިންގ ސިސްޓަމްގެ ޚިދުމަތް ވަގުތީގޮތުން މިއަދު ވަނީ މެދުކެނޑިފައެވެ. ބީއެމްއެލްއިން ބުނެފައިވަނީ ބޭންކިންގ ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޚިދުމަތް ވަގުތީގޮތުން މެދުކެނޑުނު ކަމަށެވެ. އަދިވިހާވެސް އަވަހަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ޚިދުމަތް މެދު ކެނޑުމާއެކީ މިއަދު ބީއެމްއެލް އިން ބުނެފައި ވެއެވެ.

މިއަދު ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިދާނެ އެންމެހައި ދަތިތަކަކަށްޓަކައި މަޢާފަށް އެދިފައި ވީނަމަވެސް، ބޭންކު އެކައުންޓްތަކުގެ ބެލެންސް ސުމެއްކަމަށް ދައްކާފައިވާކަމެއް ބޭންކުން ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަލިމް
ބީއެމްއެލް އަކީ ވަރަށް ބޮޑަށް މަކަރު ހަދާ އޮޅުވާލެވޭނެ އުސޫލުތަކެއް ގެންގުޅޭ ތަނެއް
ޚ ޚަނބިލި
ބެންކުން ތިޔަކުރި ކަމަކުން ކޮންމެއެކައުންޓަކުން 5ރުފިޔާ މަދުވިޔަސް މިލިަނުން ކޮންމެސްބަޔަކަށް ފައިދާ ވެދާނެ މީކަސްޓަމަރުން ވިސްނަން ޖެހޭފަދަ ކަމެއް.
އ އަލީރަޝީދު
މުސްތޮފާގެ އެކައުންޓްގައި އެހެންނޫނަސް ހުންނާނީ ސުމެކެވެ. ދެން ހަދާނެ ގޮތަކީ ކުރިން މިތައް މިލިޔަން ހުންނާނޭ ކިޔާފައި ދާނީ ކޯޓަށެވެ. ތިޔައީ ތިމަރަފުށީ މުސްތޮފާ އެވެ. ހުރިހާ ދިވެހިން ދަސް މީހެކެވެ.