ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ދައުލަތުން ހަމަޖައްސަވާ ވަގުތީ ގެކޮޅު "މުރައިދޫގެ" މަރާތުކުރުމުގެ މަސައްކަތް ނިންމާ ރައްޔިތުންގެ މަޖިލީހާއި ހަވާލުކޮށްފިއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވުމަށް މުރައިދޫގެއަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އަދި އެ ބަދަލުތައް ގެނައުމަށްފަހު މަޖިލީހުގެ އިދާރާއާއި އެތަން ހަވާލުކޮށްފައިވަނީ އިއްޔެކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6ގައި ދިން ޓެރަރިސްޓް ހަމަލާއައިގުޅިގެން ދައުލަތުގެ ވެރިންނަށް ދައުލަތުން ރަސްމީ ގެ ހަމަޖައްސައިދިނުމަށް ނިންމާ މަޖިލީހުގެ ރައީސްއަށާއި، އުއްތަމަ ފަނޑިޔާރަށް ގެ ހަމަޖައްސައިދިނުމުގެ މަސައްކަތް ދައުލަތުން ވަނީ ނިންމާފައެވެ. އެގޮތުން އެ ދެބޭފުޅުން ދިރިއުޅުއްވަން ގެ އެޅުމަށް ވަނީ ބިންވެސް ކަނޑައަޅާފައެވެ.
ނަމަވެސް އޭގެ ކުރިން ވަގުތީ ގެކޮޅެއްގެ ގޮތުން މަޖިލީހުގެ ރައީސް ދިރިއުޅުއްވަން މަރާމާތުކުރަމުންދަނީ މުރައިދޫގެއެގެ. އަދި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަން ކަނޑައަޅާފައިވަނީ ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދު ދިރިއުޅުއްވި ރެހެންދި ފްލެޓްއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ރަސްމީ ދާއިމީ ގެކޮޅެއް އެޅުމަށް ސުޕްރީމް ކޯޓު ކުރިމަތީ އޮތް ބިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އޭގެ ކުރިން ވަގުތީ ގޮތުން ހުންނަވާނީ މުރައިދޫ ގޭގައެވެ. އަދި މުރައިދޫގެ މަރާމާތުކޮށް ނިމެންދެން ރައީސް ނަޝީދު ހުންނަވަނީ ދައުލަތުގެ ޚަރަދުގައި ހޮޓެލް ޖެންގައެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީވެސް ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.
ރައީސް ނަޝީދަށް ދައުލަތުން ބޮޑު ޚަރަދެއް ކުރާތީ ގިަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު ރާއްޖޭގައި ބޭރުގައި ކުރެއްވި ބޭސްފަރުވާއަށް 1.6 މިލިޔަން ރުފިޔާ ދައުލަތުން ޚަރަދުކޮށްކޮށްފައިވެއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ޖެންގައި 21 ދުވަހު (ތިން ހަފުތާ) ގައި ނަޝީދު ހުންނެވުމަށް މިހާތަނަށް 698،168ރ. ވަނީ ހޭދަވެފައިވެއެވެ. މިއީ ބޭސްފަރުވާއަށް ފަހު އެމަނިކުފާނު ރާއްޖެ އިން ބޭރުން ވަޑައިގެންނެވި ފަހުން މިހާތަނަށް ހިނގާފައިވާ ހަރަދެވެ
One Response
ރައީސުލްޖުމުހޫރިއްޔާ ގެ ސެކިއުރިޓީއަށްޓަކައި ރޔ އުޅުއްވާ ގޭގަ ބާ ޓީނުގަނޑެއް ޖެހީމަ ހަޅޭލެވި އާލާއްވަރަށް މީތި ފެނޭބާ