މަރުތަކަށް އިންސާފު ހޯދައި ނުދެވުމަކީ ލަދުގަންނަންޖެހޭ ކަމެއް: އަލީ ހުސެއިން

މަރުތަކަށް އިންސާފު ހޯދައި ނުދެވުމަކީ ލަދުގަންނަންޖެހޭ ކަމެއް: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2021 10:19
0

މިސަރުކާރުން ވެރިކަމާއި ހަވާލުވުުގެ ކުރިން ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައި ދޭނެކަމަށް ވައުދުވިނަމަވެސް މިހާތަނަށް މިއިން އެއްވެސް މަރަކަށް އިންސާފު ހޯދައި ނުދެވުމަކީ ލަދު ގަންނަންޖެހޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މަރުތަކަށް އިންސާފު ނުހޯދި ސަރުކާރަށް ތިން އަހަރު ވުމާއިގުޅިގެން ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ކުރެއްވި ޓުވީޓަށް ތާއީދު ކުރައްވައި އަލީ ހުސެއިން ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަރުތަކަށް އިންސާފު ހޯދުމަށް ވެފައިވާ ވައުދު ނުފުއްދޭކަމީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. ވެރިކަމަށް އައުމަށްޓަކައި، މަރުތަކަށް އިންސާފު ހޯދައި ދޭނެކަމަށް ރައްޔިތުންނަށް ކުލަ ހުވަފެން ދައްކައި ދެއްކި އެއްވެސް މަންޒަރަކަށް ހަގީގީ ކުލަ ޖެހެމުން ނުދާކަމީ މިއަދު އެފަރާތްތަކުން ލަދު ގަނަންނެޖެހޭނެ ކަމެއްކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ރައްޔިތުންގެ އިހުސާސްތަކާއި ކުޅެ ވޯޓު ހޯދަން އެ މަރުތަކުގެ ވާހަކަ، އޭރު ދެއްކި ނަމަވެސް މިހާތަނަށް އެމަރުތަކަށް އިންސާފު ލިބިފައި ނުވާކަމީ، ވަރަށް ލަދުގަންނަން ޖެހޭ ކަމެއް.

– އަލީ ހުސެއިން ވިދާޅުވިއެވެ.

މަރުތަކަށް އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް ރައީސް ސޯލިހް ތަކުރާރުކޮށް ވައުދުވެވަޑައިގެންފައިވެއެވެ. އެ ވަައުދުތަކާއި ގުޅިގެން ހިތާމަތައް ލިބިފައިވާ އާއިލާތަކުން ރައީސްގެ ކެެންޕެއިންގައި މުހިންމު ދައުރެއް އަދާކުރިއެވެ. ވައުދުފުއްދެވުމަށް ރައީސް ސޯލިހް ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް އެ ކޮމިޝަނަށް މިހާތަނަށް މާ އެދެވޭ މަަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. އަދި ކޮމިޝަނަށް ފުރަތަމަ އައްޔަން ކުރެއްވި މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މިހާރު އެ ކޮމިޝަންގައި ނެތެވެ. މަރުތަކަށް އިންސާފު ހޯދާދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އާއިލާތަކުންވެސް ދެކެނީ އެ ގޮތަށެވެ.

މަރުތަކަށް އިންސާފު ހޯދުމަށް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، އުފައްދާފައިވާ ކޮމިޝަން އުވާލައި، ކުރަމުންދާ ބޭކާރު ޚަރަދު ހުއްޓާލަންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތާއީ
މިއަދު މަރުތަކަށް އިންސާފު ހޯދައިދިނުމަށް އެންމެ ބޮޑު ރޯލެއް އަދާކުރެވޭވަރުގެ އެކަކީ ޕީޖީ ޝަމީމު.
ލ ލަދުވެތި
ޢަލީި މިހާރުު ލަދުގަންނަންބުޖެހޭޭ އެއްވެސްކަމެއްް ފެނޭތޯޯ ރައްޔިތުންް ނިކަމެތިވެއްޖެެ ތަކެތީގެެ އަގުތައްް އިންތިހާއައްް އުފުލިއްޖެެ ފެންް، ކަރަންޓްް ކުނިފަދަަ ޚިދުމަތްތައްވެސްް އަތްނުފޯރާފަށައްް ބޭސްފަރުވާގެެ ޚިދުމަތްތައްްވެސްް އިންތިހާޔައްް އުނދަގޫވެއްޖެެ ގޯތިގެދޮރުގެކަންތައްވެސްް އުނދަގޫވެއްޖެެ ސިފައިންނާފުލުހުންް ވަގައްނަގަންފަށައިފިި