ގޮތްދޫ ކުރައްވައި އެންމެ ފަހުން ނަޝީދު ބަޔާން ދެއްވައިފި

ގޮތްދޫ ކުރައްވައި އެންމެ ފަހުން ނަޝީދު ބަޔާން ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2021 09:55
0

މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެރޭ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު، ރައީސް ނަޝީދުގެ ބަޔާންނުނެގި ެގިނަ ދުވަސްތެއް ވުމަށްފަހު، އެންމެހުން ނަޝީދު ބަޔާން ދެއްވައިފިއެވެ.

ހަމަލާއަށްފަހު، ފަރުވާއަށް ބޭރުގައި ހުންނެވި ދުވަސްވަރު ރައީސް ނަޝީދު ވަނީ އެމަނިކުފާނު ދެއްވަން އޮތް ބަޔާނަކީވެސް އަދި ބުނެލަން އޮތް ބަހަކީވެސް އެމަނިކުފާނުގެ ޖާނާއި، ހިތާމޭ ކަމުގައި ވަނީ ވިދާޅުވެފައެވެ. ބަޔާން ދެއްވުމަށް އެކި ހާލަތުގައި އެކި ގޮތަށް ވާހަކަ ދެއްކެވުމަށްފަހު ރައީސް ނަޝީދު މިހާރު ވަނީ ބަޔާން ދެއްވާފައެވެ.

ރައީސް ނަޝީދު ބަޔާން ދެއްވިއިރު އެމަނިކުފާނު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެކަމަކު އެމަނިކުފާނުގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރައްވާ ބޭރުގެ ވަކީލް ކްރިސްޓީ މިވަގުތު ރާއްޖޭގައި އެބަހުންނެވިއެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވިއިރު، ޕީޖީ އޮފީހާއި ތަހުގީގީ އިދާރާތަކުގެ ވަފްދެއް އެ ގައުމަށް ވަޑައިގެން އެމަނިކުފާނުގެ ބަޔާން ނަގަން މަޝްވަރާ ކުރެވުނެވެ. އޭރު ވެސް ނަޝީދު ޓްވީޓެއް ކުރައްވައި ވިދާޅުވީ، ދައުވާ އުފުލަނީ އެމަނިކުފާނުގެ މައްޗަށް ނޫން ކަމުން ފުލުހުން ބަޔާން ނަގަން އިިނގިރޭސިވިލާތަށް އަންނަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމުގައެވެ.

މޭއިމަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި ޕާކުކޮށްފައިއޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާދެއްވި އޭޑީކޭގެ ސްޕެޝަލިސްޓުންގެ ޓީމުންވެސް ވަނީ އެކަން ހާމަކުރައްވާފައެވެ.

މިދިޔަ މެއި މަހުގެ 6ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮއްލަންދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައިވާ ކަންކަމަށް ބަލައި އަވަސް ފިޔަވަޅު ނާޅައިފިނަމަ ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

އެގޮތުން އިންކުއަރީ ރިޕޯޓުގައި ސަލާމަތީ ޚިދުމަތްތަކުގެ ތެރޭގައި ކަންބޮޑުވާންޖެހޭ ބައެއްކަންކަން ހިނގަމުންދާކަން ފާހަގަކުރެވޭކަމަށާއި އެކަންކަން އަވަހަށް ރަނގަޅުކުރެއްވުމަށާއި، ރިޕޯޓުގައި އިސްލާޙުކުރަން ހިމަނާފައިވާ ކަންކަމާއި ހުށައެޅުންތަކާއި އިރުޝާދުތައް ބަލައިގަނެ އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ބަލައިގަތުމަކީ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންތެރިކަމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަަމަލާގެ ތަހުޤީޤުގައި ދެން އަމާޒުކުރާނީ މިކަމަށް ފައިސާ ހަރަދުކޮށްފައިވާ ގޮތް ބެލުމަށްކަމަށް، ޙަމަލާގެ ތަޙުޤީޤު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޚާއްސަ މަންދޫބު، އައްބާސް ފާއިޒްވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.