އެމްއެންޕީން ޒުވާނުންނަށް ޚާއްޞަ ނޫކަށި ލައުންޖު ހުޅުވައިފި

އެމްއެންޕީން ޒުވާނުންނަށް ޚާއްޞަ ނޫކަށި ލައުންޖު ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
18 ނޮވެމްބަރ 2021 07:43
0

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޔޫތު ވިންގްގެ ފަރާތުން ނޫކަށި ލައުންޖުގެ ނަމުގައި ޒުވާނުންނަށް ޚާއްޞަ ލައުންޖެއް ހުޅުވައިފިއެވެ.

ރޭ މިލައުންޖް ހުޅުވުމަށް ބޭއްވިި ރަސްމިއްޔާތުގައި ނޫކަށި ލައުންޖް ހުޅުވައިދެއްވީ ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމެވެ. މިލައުންޖް ހުޅުވާފައިވަނީ މާފަންނު ވެސްޓްޕާކް ސަރަހައްދުން ހަވީރީ ހިނގުމުގައި މ.ގަހަނާ ލޮޖް ގޭގައެވެ.

ރޭގެ ރަސްމިއްޔާތުގައ ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް، ޕާޓީގެ ލީޑަރޝިޕް، ފާޓީގެ އާންމު މެންބަރުންގެ އިތުރުން އެތަކެއް ޒުވާނުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރޭ މިހުޅުވުނު ލައުންޖަކީ ޒުވާނުން އެއްތަނަކުން ބައްދަލުވެ ޕީއެސް، ރާޒުވާ އަދި ކެރަމް ފަދަ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ޒުވާނުންގެ ލައުންޖެއްކަމަށް އެޕާޓީން ބުނެފައިވެއެވެ.

މިރަސްމިއްޔާތު ނިންމާލުމުގެ ގޮތުން އެމްއެންޕީގެ ޒުވާނުންގެ ވިންގްގެ ރައީސް އުމައިރު މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި އެމްއެންޕީއަކީ ޒުވާނުންނަށް އޮތް އެންމެ ފުރިހަމަ ޕްލެޓްފޯމްކަމަށާއި ޕާޓީގައި ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި ޒުވާނުންގެ އެކި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން އެންމެ އެކަށޭނަ މާހައުލަކީީ މިފަދަ ލައުންޖެއް ކަމުގައެވެ. އަދި އުމައިރު ވަނީ މިލައުންޖް ހުޅުވުމުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

މިފުރުޞަތުގައިި ދިވެހި ހުރިހާ ޒުވާނުން މިލައުންޖަށް ޒިޔާރަތްކޮށް އެމްއެންޕީގެ އަސާސްތަކާއި ބެހޭ މަޢުލޫމާތާއި އެމްއެންޕީގެ ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު އޮޅުންފިލުވައި، އެމްއެންޕީއާ ގުޅުމަށް އެޕާޓީން ވަނީ ދައުވަތު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.