ކޮންމެ ޒުވާނަކުވެސް ޒިންމާދާރު ޒުވާނަކަށް ވާން އަޒުމު ކަނޑައަޅަންޖެހޭ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅިވެއްޖެއެވެ.
އެމްއެންޕީ ޒުވާނުންގެ ނޫކަށި ލައުންޖް ހުޅުވައިދެއްވުމަށްފަހު ވާހަކަފޅު ދައްކަވަމުން އެޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ޒުވާނުންގެ ޕާޓީއެއްކަމަށާއި، އެމްއެންޕީގެ އަމާޒަކީ ފުދުންތެރި ޒުވާނުންތަކެއް އުފެއްދުންކަމުގައެވެ. އަދި ޒުވާނުންނަކީ ދިވެހި މިޤައުމުގެ މުސްތަޤްބަލްކަމަށާއި ކޮންމެ ޒުވާނަކުވެސް ޒިންމާދާރު ޒުވާނަކަށް ވާން އަޒުމު ކަނޑައަޅަންޖެހޭ ކަން ފާހަގަކުރެއްވިއެވެ. ޕާޓީގެ ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މިލައުންޖުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޕާޓީގެ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ފާޓީގެ ޒުވާނުންގެ ވިންގްގެ މެމްބަރ އައިމިނަތު އަޒާ އާތިފް ފާހަގަކުރި ގޮތުގައި އެމްއެންޕީގެ ލީޑަރޝިޕުން ފެށިގެން އާންމު މެންބަރުންނާ ހަމައަށްވެސް ފެނިގެންދަނީ އެކި އުމުރުފުރައިގެ އެކި ފަންތިތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށާއި އެބޭފުޅުންގެ ފަރާތުން ޒުވާނުންނަށް ގިނަ ކަންތައްތަކެއް ދަސްކުރެވޭނެ ކަމަށެވެ. އަދި އެމްއެންޕީއަކީ ހުރިހާ އެންމެންގެވެސް އަޑުއަހާ، އެންމެންގެ ހިޔާލުތައްވެސް ހިމަނައިގެން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
މިރަސްމިއްޔާތު ނިންމާލުމުގެ ގޮތުން އެމްއެންޕީގެ ޒުވާނުންގެ ވިންގްގެ ރައީސް އުމައިރު މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި އެމްއެންޕީއަކީ ޒުވާނުންނަށް އޮތް އެންމެ ފުރިހަމަ ޕްލެޓްފޯމްކަމަށާއި ޕާޓީގައި ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި ޒުވާނުންގެ އެކި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން އެންމެ އެކަށޭނަ މާހައުލަކީީ މިފަދަ ލައުންޖެއް ކަމުގައެވެ. އަދި އުމައިރު ވަނީ މިލައުންޖް ހުޅުވުމުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ