ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކަށް އަމާޒުކޮށްދޭ އެންމެ ޝަރަފްވެރި އެވޯޑް ގޯލްޑް 100 ގާލާ އެވޯޑް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް ލިބިއްޖެއެވެ.
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުންޏަށް އެވޯޑް ދިނުމަށް ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެންމެ ފުޅާދާއިރާގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓެލްކޯއަށް ލިބިނު މި އެވޯޑާއި ހަވާލުވެވަޑައިގަތީ އެކުންފުނީގެ މެނޭޖިންޑް ޑިރެކްޓަރ ޙަސަން މުޣުނީއެވެ. ސްޓެލްކޯގެ އެންމެ މުހިންމު އަމާޒަކީ ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމެއްނެތި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކުރުމެވެ. ސްޓެލްކޯގެ މިއަމާޒު ހާސިލްކުރުމަށް މިހާރުގެ މެނޭޖްމަންޓުން ރަނގަޅު ޕްލޭނެއްގެ ތެރެއިން ކުރަމުންދިޔަ މަސައްކަތްތަކުގެ ނަތީޖާއާއި ހަމައަށް ދަނީ ވާސިލް ވަމުންނެވެ.
ސްޓެލްކޯއަށް ލިބުނު އެވޯޑާއި ގުޅިގެން އެކުންފުނިން ބުނީ، އެފަދަ އެވޯޑެއް ލިބުނީ އެކުންފުނީގެ ހީވާގި މުވައްޒަފުން ކުންފުނި ކާމިޔާބުކުރުމަށް ކުރާ ހީވާގި ބުރަ މަސައްކަތުންކަމަށެވެ. އެހެންކަމުން ސްޓެލްކޯއިން ވަނީ އެކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.
It is an honour to be recognised as one of the Top 100 Leading Companies of Maldives at the prestigious Gold100 Gala. We thank our dedicated employees for their contribution towards STELCO's success and express 1/2 pic.twitter.com/iAiZsOZMv2
— STELCO (@STELCOMALDIVES) November 17, 2021
ރޭ ބޭއްވި ގޯލްޑް 100 ގާލާގައި ރައީސްުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަތެވެ.
ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. މި ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުއެވެ.
އެންމެ ފުރަތަމަ "ގޯލްޑް 100″ ގެ ނަމުގައި އެވޯޑެއް ދޭންފެށީ 2017ވަނަ އަހަރުއެވެ
ގޯލްޑް 100 ގާލާ އެވޯޑް ސްޓެލްކޯއަށް ލިބިފައިވާއިރު، ބައިނަލްއަޤްވާމީ އެތައް އެވޯޑެއް ސްޓެލްކޯއާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ލިބިވަޑައިގެންފައިވެއެވެ.