އިމިގްރޭޝަން ކޮންޓްރޯލަރ ހަނަފީގެ ސައިކަލަށް ގެއްލުންދީފި

އިމިގްރޭޝަން ކޮންޓްރޯލަރ ހަނަފީގެ ސައިކަލަށް ގެއްލުންދީފި

Author
މުޙައްމަދު ޝަޒައިމް
16 ނޮވެމްބަރ 2021 06:16
0

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން (ހަނަފީ)ގެ ސައިކަލަށް ގެއްލުންދީފިއެވެ.

ހަނަފީވަނީ އޭނާގެ ސައިލަށް ދީފައި ގެއްލުންތަކުގެ ފޮޓޯއާއިއެކު ޓުވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކޮންމެ މީހަކީވެސް ހަގީގަތާއި ކުރިމަތިލާން ކެރުމުގެ ހިތްވަރު ހުރި މީހަކަށް ވާންޖެހޭނެކަމަށެވެ. ހަސަދަވެރިކަން އިސްކޮށް، ގެދޮރާއި، މުދަލަށް ގެއްލުންދޭ ހިސާބަށް ދިއުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށް ހަނަފީ ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ހަގީގަތާ ކުރިމަތިލާނެ ހިތްވަރު ހުރި މީހަކަށް ވާންޖެހޭ. ހަސަދަވެރިވެކަން އިސްކޮށް، އަޅުގަނޑުގެ މުދަލަށް ގެއްލުންދޭ ހިސާބަށް ދިއުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް.

– ހަނަފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާގެ ވަޒީފާއާއި، ކުރާ ކޮންމެ ކަމެއްކުރާނީ ޕްރޮފެޝަނަލް ކަމާއިއެކު ޤައުމަށް އެންމެ ފައިދާހުރި ގޮތަކަށް ކަމުގައެވެ. އަމިއްލަ ފައިދާ އެއްފަރާތްކޮށް، ޤައުމަށާއި، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ނޫނީ އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ހަނަފީ ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުގެ ޕްރޮފެޝަނަލް ހަޔާތުގައި ނަގާ ކޮންމެ ފިޔަވަޅެއްވެސް ނަގާނީ މުވައްސަސާއާއި ގައުމަށް އެންމެ ފައިދާވާގޮތަށް. އަމިއްލަ ފައިދާއާއި މާއްދިއްޔަތު އިސްކުރާމީހަކަށް ހަމަގައިމުވެސް އަޅުގަނޑު ނުވާނަން.

– ހަނަފީ ވިދާޅުވިއެވެ.

ހަނަފީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.